Follow us on
ކޭބޯލައާއެކު ޚިތާނީ ސީޒަން ފެށިގެން ކުރިއަށް
| އަޙުމަދު އަނަސް

ކޮންމެ އަހަރެއްގެވެސް ސުކޫލު ބަންދާއި ދިމާކޮށް ހުރިހާ ރަށްރަށެއްގައިވެސް ކުދިން ޚީތާނުކުރުމުގެ ކަންކަން ކުރިއަށްދެއެވެ. އެގޮތުން އެ ދުވަސްވަރު ފާހަގަކޮށްލެވެނީ ޚިތާނީ ޢީދު ނުވަތަ ޚިތާނީ ސީޒަނެއްގެ ގޮތުގައެވެ. އަދި ޚިތާނުކޮށްގެން އުޅޭ ތަންތަނުގައި ލަވަކިޔައި، ނަށާ، ޝޯވް ބޭއްވުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މިއަހަރުވެސް ހިތާނީ ސީޒަން ފެށިގެން މިހާރު ކުރިއަށް އެބަދެއެވެ.

މިއަހަރުގެ ޚިތާނީ ސީޒަން ފެށިގެން ކުރިއަށްދަނީވެސް ތަފާތު އެކި ގުރޫޕުތަކުގެ “ނާޗަރަންގީ” ތަކާއި އެކުގައެވެ. ރޭގަނޑުގެ ވަގުތުގައި ޚީތާނުކޮށްގެން އުޅޭ ތަން ފަޅު ފިލުވާލުމަށް ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން މިފަހަރު ލ.އަތޮޅުން އެންމެ ތަފާތު ގުރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ކޭބޯލަ ބޮޑުބެރު ގުުރޫޕެވެ.

މިއަހަރުގެ ހިތާނީ ސީޒަން ފެށުމާއެކުވެސް ކޭބޯލަ އިން ވަނީ އެތައް ތަނެއްގައި ޝޯވްތައް ދީފައެވެ. އަދި އެއިން ކޮންމެ ޝޯއެއްވެސް ފާހަގަކޮށްލެވެނީ ތަފާތު، ފޯރިގަދަ ޝޯއެއްގެ ގޮތުގައެވެ. މިހެން މި ބުނަނީ ސަބަބަކާއި ނުލައެއްވެސް ނޫނެވެ. ކޭބޯލަ ބޮޑުބެރު ގުރޫޕުގެ ހުށަހެޅުންތައް ފޯރިގަދަވާވަރުން ބަލަން ތިބޭ މީހުންނަށްވެސް ނެށެއެވެ.

ކޭބޯލަ ބޮޑުބެރު ގުރޫޕު ހިތާނީ ޝޯވ ދެނީ | ފޮޓޯ: ޒޮލް – ކޭބޯލަ ފޮޓޯގްރަފަރ

ކޭބޯލަ ބޮޑުބެރު ގުރޫޕުން ވަނީ މިދިޔަ އަހަރުގެ ހިތާނީ ސީޒަންގައި ކޮންމެ ރެއަކު ޝޯއެއް ބާއްވާފައެވެ. އަދި ބައެއް ރޭރޭގައި ގުރޫޕު ދެ ޓީމަކަށް ބަހާލައިގެން އެއް ގަޑިއެއްގައި ދެތަނުގައި ޝޯވްތައް ބާއްވާފައި ވެއެވެ. އަދި މިދިއަ އަހަރާއި ޚިލާފަށް މިއަހަރު ކޭބޯލަ ބޮޑުބެރު ގުރޫޕުގެ ޝޯތައް ބޭއްވުމަށް ގަމާއި ފޮނަދުގެ އިތުރުން އަތޮޅުތެރޭގެ ހުރިހާ ރަށަކަށްވެސް ފުރުސަތު ހުޅުވާލާފައެވެ.

ކޭބޯލަ ބޮޑުބެރު ގުރޫޕުގެ ޝޯތައް ބުކް ކުރުމަށް ގުޅުއްވާނީ 9959935 އަށެވެ.

ޚިޔާލު ފާޅުކުރައްވާ