Follow us on
މާލެއިން ޓެކްސީއެއް ހޯދުން ބޮޑު ވޭނަކަށް!
| އީމާ ވަހީދު

ވިއްސާރަ ރެއެކެވެ. އޭޑީކޭ ހޮސްޕިޓަލް ކައިރި އަހަރެން ހުއްޓިލައިގެން ހުރީ ގެޔަށް ނުދެވިފައެވެ. ގެ ވަރަށް ދުރުގައި ހުންނާތީ ހިނގާފައި މި ވިއްސާރަ ރޭގައި ދިޔުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާތީ އަހަރެން ހުރީ މަގުމަތިން ހުސް ޓެކްސީ އެއް ލިބޭތޯއެވެ. އޭރު އަހަރެން އެތާ ހުރެގެން ޓެކްސީ އެއް ލިބޭތޯ އަތް ފުނާ އަޅައިތާ ބައި ގަޑިއިރު ވަނީއެވެ. އަހަރެން ހުރީ ޓެކްސީ ޑުރައިވަރުން ދެކެ ވަރަށް ރުޅިވެސް އައިސްފައެވެ. ސަބަބަކީ ގިނަ ޓެކްސީތައް ދިޔައީ މީހުން އަރުވައި ފުރައިގެން ފެހި ބޯޑު ދިއްލައިގެންނެވެ.. ހުސްކޮށް ދާ ޓެކްސީ އެއްވިއްޔާ ކިތަންމެ ވަރަށް އަތް ނެގިއަސް ދަނީ އަޅައި ނުލައެވެ. އެތަނުގައި އެތައް އިރެއް ވަންދެން ހުރެހުރެ ވެސް ޓެކްސީ އެއް ނުލިބިގެން އެންމެ ފަހުން އަހަރެން ގެޔަށް ދާން ޖެހުނީ ވާރެޔާއި ތެމި ފޯވެގެން އެ ކަނު އަނދިރީގައި ހިނގާފައެވެ.

މިއީ މާލޭގެ ދިރިއުޅޭ ކޮންމެ މިހާކުވެސް ކުރިމަތި ލާން ޖެހޭ ކަމެކެވެ. ވަރަށް ހިތާމަ ކުރަންޖެހޭ ބައެކެވެ. މިއަދު މާލޭ މަގުމަތިން ޓެކްސީ އެއް ހޯދުމަކީ ބޮޑު ވޭނެއް ކަހަލަ ކަމެކެވެ. ގަޑި ނުޖެހި ތަނަކަށް ދާން އުޅޭ މީހާވެސް ޓެކްސީ އަކަށް އަރައިގެން ދާން އުޅެފިއްޔާ ގަޑި ޖެހޭނެއެވެ. މިއަދު މާލޭ މަގުމަތިން ޓެކްސީގައި ތަނަކަށް ދިޔުމަށްވުރެ ހިނގާފައި ދިޔުން ވެސް މާ ބޮލަށްް ފަސޭހައެވެ. ޓެކްސީ އެއް ލިބުނަސް ލިބޭނީ މީހާ ވަރުބަލިވާ ފަހުންނެވެ. ޓެކްސީއަށް އަތް ނަގައި ނަގައި އަތަށް ތަދުވާ ފަހުންނެވެ.

މިއީ ފިޔަވަޅު އަަޅަން ލަސްވެފައިވާ މައްސަލައެކެވެ. ޓެކްސީ ޑުރައިވަރުންގެ ބައެއް އަމަލުތައް ހުންނަ ގޮތުން އާއްމުންނަށް ވަރަށް އުނދަގުލާއި ކުރިމަތިލާން ޖެހެއެވެ. ޓެކްސީއަށް މީހުން އަރުވައި ފުރައިގެން ދާއިރުވެސް ފެހި ބޮކި ދިއްލައިގެން އެބަ ދެއެވެ. ހަމައެކަނި އެކަމެއް ނޫނެވެ. ބައެއް ފަހަރަށް ޓެކްސީ ޑުރައިވަރުންގެ މޫޑު ނެތިއްޔާ ހުސްކޮށް ދާއިރުވެސް މަޑުނުކޮށް، އަޅައިނުލާ ދާ ފަހަރުވެސް މަދެއް އެބް އާދެއެވެ.

ހެނދުނު ސުކޫލަށް ދާން ވެގެން ދަރިވަރުން ޓެކްސީ އެއް ހޯދަން ހުރެހުރެ ގިނަ ފަހަރަށް އެކުދިންނަށް ޓެކްސީ ގަނޑެއް ލިބެނީ ގަޑި ޖެހޭވެސް ފަހުންނެވެ. ހުސް ޓެކްސީ އެއް ލިބުނަސް އެއަށް އަރައި މީހާ ދާން ބޭނުންވާ މަންޒިލަކީ ޑުރައިވަރު ހިތްޕުޅާ ނުވާ ތަނަކަށް ވިއްޔާ އެތަނަކަށް ނުގެންގޮސް ދެއެވެ.

މިފަދަ ކަންކަމަކީ ވަރަށް ހިތާމަ ކުރަންޖެހޭ ކަންކަމެވެ. އަޅައިނުލައި ދޫކޮށްލެވޭ ވަރުގެ ކަންކަމެއް ނޫނެވެ. އަޅުގަނޑު އުފަލާއި އެކީ ފާހަގަ ކޮށްލަން ބޭނުންވަނީ މިފަދަ އަމަލުތައް ހުރިހާ ޓެކްސީ ޑުރައިވަރުންގެ ކިބައިން ނުފެންނަ ކަމެވެ. ވަރަށް ރަނގަޅަށް ކަންތައް ކުރާ ޑުރައިވަރުންވެސް އުޅެއެވެ. އާއްމުންނަށް އުނދަގޫ ނުކޮށް މިހިދުމަތް ދޭ ޑުރައިވަރުންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަމެވެ. އަދި އާއްމުންނަށް ދަތި ވާގޮތަށް ކަންތައް ކުރާ ޑުރައިވަރުންނާ މެދު ފިޔަވަޅު އަޅަންވެސް ގޮވާލަމެވެ.

ޚިޔާލު ފާޅުކުރައްވާ

 1. ދިވެއްސާ

  މިއަދު ޓެކްސީއެއް ނުލިބިގެން މިއައީ 20ކިލޯގެ ބަރު ދަބަހެއް ކޮނޑުގައި އަޅުވައިގެން ހިނގާފައި. ފެހި ބޯޑުގަައި ދާ ޓެކްސީއަށް އަތްނަގާއިރު މީހުންއަރުވައި ފުރާފައި. ރަތް ބޯޑުގައި ދަނީ ހުސްޓެކްސީ. ވަރަށް މާޔޫސްވެއްޖެ.

 2. ނަންނަ

  2015 އިން 2018އަށް ގުޅާގެން އަދި ކާރެ ނުލިބެއެވެ.

 3. މަރީ

  ހުލުމާލެޔަން ވޭޔާ ވަރަށް އަވަހައް ދެވޭ މާލެ ވީޔާ ނުދެވޭ ކާރު ގަ މީހުން ތިން ބަސް އަހާ ނުލާ ހަމަ އަރުވަން ވީ މިކަމާން ހައްަލެ ހޮދަދީބަލަ

 4. ހުޝާމު

  ވޭނެއް ވެސް ނޫން، އެމްބިއުލާންސެއް ތީ

 5. ޖުލައި

  މައުލޫ އަކީ އާޓިކަލެއް ފުރިހަމަ ކުރަން އެއްމެ ރަގަޅު މައުލޫ. މިއާޓިކަލް ގެ ފެންވަރު ވަރަށް ދަށް. މަތީފަންތީގެ ނޫސްވެރިން ގެ ލިޔުން ގިނައިން ކިޔުން އަދި ލިއުން އިތުރު ކޮށްފިނަމަ ފަންނުގެ ތެރެއަށް ވަންނަން ފަސޭހަވާނެ.