Follow us on
ރާއްޖޭގެ ޓިކްޓޮކް ކިންގް އަކަށް ޔާމްބެ!
| ފާނޫޒް.ކޮމް

ދިވެހިންގެ ތެރޭގައި މަޤްބޫލު ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ކުރާ ފިރިހެން ފަރާތްތަކުގެ ތެރެއިން ދިވެހިންނަށް އެންމެ މަޤްބޫލު މީހަކަށް، ޓިކްޓޮކް މޯލްޑިވްސް ކިންގް އަކަށް، މުޙައްމަދު ޔާމީން، މަޝްހޫރު ނަމުން ނަމަ ޔާމްބެ، ހޮވިއްޖެއެވެ.

ޓިކްޓޮކް ފަންނާނުންގެ މަސައްކަތް ދިރުވާ އާލާ ކުރުމަށް ހިންގަމުން އަންނަ ޕޭޖް ކަމުގައިވާ ޓިކްޓޮކް މޯލްޑިވްސްގައި ހެދި ޕޯލްއަކުން މުޙައްމަދު ވިޝާލް، ރޯމަން، އާ ވާދަކޮށް ޔާންބެ ކުރި ހޯދާފައިވަނީ 11 އިންސައްތަގެ ފަރަގު ބޮޑު ނަތީ ޖާއަކުންނެވެ. މިޕޯލްއަށް ޖުމްލަ 2.700 އަށްވުރެ ގިނަ މީހުން ވޯޓް ލާފައިވާއިރު، ޔާމްބެއަށްވަނީ 1،400 އަށް ވުރެ ގިނަ މީހުން ވޯޓް ލާފައެވެ.

ޔާމްބެ އަކީ ދިވެހިންގެ ތެރޭގައި ބޮޑު މަޤްބޫލު ކަމެއް ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ ކުޅަދާނަ އެކްޓިންގްގެ ގިނަ ދިވެހިނަނަށް ކަމުގޮސްފައިވާއިރު، ގިނަ ބަޔަކު ބުނަމުންދަނީ ޔާންބެ އަކީ ފުރުސަތެއް ލިބިއްޖެ ނަމަ އެކްޓިންގެ ދާއިރާގައި ދުވަސްވީ ފަންނާނުންވެސް ފަހަށް ޖަހާވެވޭނެ ވަރުގެ ޤާބިލް މީހެއް ކަމަށެވެ.

Congratulation Tik Tok Maldives King, Yaambe. We wish you a bright future ahead.

Posted by Tik Tok Maldives on Friday, 14 December 2018

ޓިކްޓޮކް މޯލްޑިވްސްއިން މީގެ ކުރިންވަނީ ޓިކްޓޮކް ކްއީންއެއްވެސް ހޮވާފައެވެ. އެފަހަރު މިމަޤާމް ހާސިލްކޮށްފައިވަނީ ޝާނީއެވެ. ޓިކްޓޮކް ކުރިއެރުވުމަށް ޓިކްޓޮކް މޯލްޑިވްސްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޓިކްޓޮކްގެ ފަންނާނުންގެ ޙަރަކާތްތައް ގިނަ ބަޔަކަށް ފޯރު ކޮށްދިނުމުގެ ޒިންމާ ޓިކްޓޮކް މޯލްޑިވްސް ޕޭޖްއިންދަނީ ވަރަށް ފުރިހަމައަށް ކުރަމުންނެވެ. ޓިކްޓޮކް މޯލްޑިވްސް ޕޭޖްގައި މިހާރު ޖުމްލަ 15،000 އަށްވުރެ ގިނަ ފްލޯވާސް ތިބި އިރު، މިއީ ރާއްޖޭގައި ޓިކް ޓޮކް ވީޑިއޯ ގެނެސްދޭ ޕްޖްތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް އާއެކު އެންމެ ކުރިގައި އޮތް ޕޭޖްކަން ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ