Follow us on
ކ.ނ.ކ ޑޮކްޓަރ, ޑރ ޑަންޔާން ހަރްޝިދާން ޕާލް މެޑިކަލްގައި ބައްލަވަނީ
| ފާނޫޒް.ކޮމް

ކަންފަތް، ނޭފަތް އަދި ކަރަށް (ކ.ނ.ކ) ޚާއްސަ ޑޮކްޓަރ ޑރ ޑަންޔާން ހަރްޝިދާން ޕާލް މެޑިކަލްގައި މިއަންނަ އަހަރު ޖެނުއަރީ މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު ބައްލަވާ ގޮތަށް ހަމަޖެއްހިއްޖެއެވެ.

ޑަންޔާން ހަރްޝިދާންއަކީ ކަރުން މަތީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ. ޕާލް މެޑިކަލްގައި މި ޑަކްޓަރ ދެއްވާ ފަރުވާ ތަކުގެ ތެރޭގައި ކަންފަތް ސާފު ކުރުމާއި ކަންފަތުގައި ހުންނަ މަޑު ފަދަ ތަކެތި ނަގާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ކަރާއި ކަންފަތަށް ދަތުވާ މީހުންނަށް ފަރުވާ ދިނުމާއި ކަރުން މަތީގެ ގުނަވަން ތަކުގައި އުފެދިފައި ހުންނަ ސިސްޓްތަކަށް ނަގާދިނުން ހިމެނެއެވެ.

ޕާލް މެޑިކަލްސްއިން ބުނެފައިވަނީ ޑރ ޑަންޔާންއަށް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެބޭފުޅުންގެ ފޯން ނަންބަރު 3305550 ނުވަތަ 3315550 ނަންބަރު ފޯން އާ ގުޅުއްވާ އެޕޮއިންޓްމެންޓް ހެއްދެވުމަށެވެ.

ޕާލް މެޑިކަލްސްއިން މީގެ ކުރިންވެސްވަނީ ރާއްޖެއިން ބޭރުން ޑަކްޓަރުން ގެނެސްގެން އެކްލިނިކްގައި ފަރުވާ ދީފައެވެ.

 

ޚިޔާލު ފާޅުކުރައްވާ