Follow us on
އަހަންނަކީ ފަހުރުވެރި ރާއްޖެތެރޭ މީހެއް!
| އީމާ ވަހީދު

އަހަރެންނަށް ހެނދުނު ވަނީ ހާލާއި، ކާޅާއި އަދި ކޮވެލީގެ ފަރި މިއުޒިކުގެ އަޑުންނެވެ. އަހަރެންގެ ދުވަސް ފެށިގެން ދަނީ އިރުގެ ރަން ދޯދިތަކުން އަހަރެންގެ ހަށިގަނޑާއި ހިތް ތާޒާ ކުރުވަމުންނެވެ. ސާފު ދޮންވެލި މޫދުގައި ފަތާލާ މަޖާކޮށްލުން ވެގެން ދަނީ އަހަަރެންގެ ހަށިގަނޑަށް ލިބޭ ކަސްރަތަކަށެވެ. ރުއްގަސް ތަކުން އެޖެހިލާ ފިނިފިނި ވައިރޯޅިތަކުން ދުވަހަކު ވަރުބަލި ކަން ހަނދާން ނެތޭ ވަރު ކޮށްދެއެވެ. އަހަރެންނަކީ ކާކުތޯއެވެ؟ އާދޭހެވެ. އަހަރެންނަކީ ރާއްޖެތެރޭ މީހެކެވެ. ފަޚުރުވެރި ރާއްޖެތެރޭ މީހެކެވެ.

މިހާރަކަށް އައިސް ރަށްފުށުގައި އުޅޭ މީހުންނާއި، މާލޭ މީހުންނާއި ދެމެދު ތަފާތުކުރުންތައް ބާއްވާކަން ހިތާމައާއި އެކީ ފާހަގަކޮށްލަމެވެ. ބައެއް މީހުން މާލޭ މީހުންނޭ ރާއްޖެތެރޭ މީހުންނޭ ކިޔާފައި މުހާތަބު ކުރާ އަޑުއިވުމުން އަޅުގަނޑު ވަނީ ހައިރާނެވެ. އެފަދަ މީހުން އެހެން ކިޔާ އަޑުއިވުމުން، މާލެ އެއީ ރާއްޖެތެރޭގައި އޮންނަ ރަށެއް ނޫންތޯ އަހާލަފާނަމޭ ވެސް ހިތަށް އަރައެވެ. އެހެނަސްް ބަސްފޮތުގައި ރާއްޖެތެރެއަކީ ވެރިކަން ކުރާ ރަށް ނޫން އެހެން ރަށްރަށް ކަމަށް ވުމާއެކު އެކަމާއި އަޅާނުލީއެވެ.

މާލޭގައި ދިރިއުޅުއްވާ “ބޭފުޅުންގެ” ތެރެއިން މަދު ބަޔަކު ދެކޭ ގޮތުގައި ރާެއްޖެތެރޭގައި ދިރިއުޅޭ މީހުންނަކީ ވަރަށް ދަށު ފަންތީގެ މީހުންނެެވެ. އެކަމަކު އަޅުގަނޑު މިކަމާ އެއްބަހެއް ނުވާނަމެވެ. ގިނަ މީހުން މިއަދު އެއްބަސް ވާނެ ހަގީގަތަކީ، މާލޭގައި ދިރިއުޅޭ މީހުންނަށް ވުރެ ރާއްޖެތެރޭގައި ދިރިއުޅޭ މީހުން މާ އަރާމުގައި މާ މީރު އެއްޗެހި ކައި ހަދައިގެން އުޅޭ ކަމެވެ. އަމާން ކަމާއި އަދި ރައްކާތެރި ކަމާއި އެކީ ހިނގާ ބިނގާވެ އުޅުމުގެ މިނިވަން ކަން ލިބެއެވެ. މީހަކު އައިސް ކަރަށް ނުވަތަ މެޔަށް ވަޅި ހަރާފާނެ ކަމުގެ ބިރު ގަންނާކަށް ނުޖެހެއެވެ.

އާދޭހެެވެ. މާލޭގައި އެެއްކޮޓަރި ގަނޑެއްގައި މުޅި އާއިލާ އެކީ ތޮށްޖެހިގެން ނިދުމަށް ވުރެ ރަށްފުށުގައި ބޮޑު ކޮޓަރިއެއްގައި އަރާމުގައި އެކަނި ނިދާލަން މާ ރަނގަޅެއްނުންތޯއެވެ؟. މަގުމަތީގައި ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑުން ބޯގަޮވާފައި ހުރުމަށް ވުރެ ރާއްޖެތެރޭ، ރަށެއްގައި ހަމަހިމޭންކަންމަތީ ގުދުރަތީ މިއުޒިކުން ޖިސްމު ތާޒާ ކުރަން ފުރުސަތު ލިބެންޔާ މާ ސަޅިއެއް ނޫންތޯއެވެ؟.

ރާއްޖެތެރޭ ރަށެއްގައި އުޅެވޭ މީހަކަށް އަޅުގަނޑުވުމުން އަޅުގަނޑު ކިތަންމެހާވެސް ފަޚުރުވެރި ވަމެވެ. އުފާކުރަމެވެ. މި ގުދުރަތީ މާހައުލުން ހިތް ފުރަމުންނެވެ. ބަލާ ހުސްނުވާނެ ރީތިކަމެކެވެ. މާލޭގައި ވަޒަންވެރި ވެގެން ނޫޅެވޭތީ އޭ ކިޔާފައި ދެރައެއް ނުވަމެވެ. ލަދެއް ވެސް ނުގަންނަމަވެ. އަހަރެން ހަމަ ޔަގީނުންވެސް ރާއްޖެތެރޭގައި ދިރިއުޅެވޭތީ ވަރަށް ފަޚުރުވެރި ވަމެވެ.

ޚިޔާލު ފާޅުކުރައްވާ

  1. މުބީނުގެ ޝިފާޒާ

    ހަމައެކަނި މާލޭ މީހުން ރާއްޖެތެރެވުމެއްނޫން ދެރައީ. ރާއްޖެތެރޭ މީހުން މާ މާލެވުންވެސް ކަޑަ. އަހަރެން ކުޑައިރު މާލެ ބަލަުވީ ތަޢުލީމު ހޯދަން. 10 ވަރަކަށް ފަހު ކިޔަވާ ނިމިގެން ރަާް ބަދަލުވީ ވަޒީފާއަށް. މާލެވެގެން ތުއިވެގެން ނޫޅެން. އެކަމް އހަރެމެން ރަށު އެބައުޅޭ ވަޒީފާއެއް ހޯދާލަން މާލެ އައިސް އުޅޭތާ 3 އަހަރުވެސް ނުވާ ކުދިން. ވަރަށް ފޮނި. އެކުދިން ދެކެނީ އަހަރެމެން ރަށުގަ އުޅޭތީ މީ ވަރަށް ދެރަބަޔެއްކަމަށް. ދަށް ބަޔެއްކަމަށް. އަދި ތިމަންމެން މީ މާލެ ބަޔެއް ކަމަށް. ލަދުގަނޭ. އހަރެމެން ރަށުގަ އުޅުނަސް އޯލެވެލް ނިންމާ އަދި އިތުރަށް ކިޔަވައިގެން މިއުޅެނީ. މިާލޭގަ ވަޒީގަ އުޅޭ އެއްކަލަ ފޮނި ކިދިން ަތުގަ އޮތީ އޯލެވެލް. ދިވެހި އިސްލާމުން ފާސްވިކަން

  2. މާލޭމީހެއް ނޫން

    ކޮބާތަ މާލޭ މީހާ…. ކޮމެންޓެއް ކޮއްލާކައްވެސް ނާދޭތަ؟

  3. ފައިސަލް

    މަގޭ ރަށަށްވުރެ ހިތްގައިމު ވަޒަނެއް ހަމަހިލާ މިދުނިޔެ މަތީގައި ނުވެއެވެ.

  4. މަތީނު

    މާލެ މީހުން އަށް ވެސް ރަށްފުށު މީހުން ގޮތަށް މަލެ ނޫނީ ހުޅުމާލެއިން ގޯތި ދީ ބަލަ. ޢޭރުން މާލެ މީހުން ވެސް ނޫޅޭނެ ކުޑަ ކޮޓަރި އެތްގައެއް. މާލެ މީހާ މިވަނީ ކާފަ ނޫނީ މާމަ ގެ ގޯތި ފަޅަމުން ގޮސް ކުޑަ ގޮޅި އަކަށް ވެދެ ހުސްވެފަ.

  5. މޯޖޯ

    ޢެއްވެސް އެކިއުރެސީ އެއް ނެތް ލިޔުމެއް. ރިސާޗް ކޮބާ؟

  6. ހުސެން

    ލިޔުންތެރިއާ ކިޔާދިނި ހަމައެކަނި މާހައުލުގެ ވާހަކަ ( ގޮޑު ދޮށައް އަޅާފާ ހުންނަ ކުޑަކުދިންގެ ނެޕީތަކާ ޕްލާސްޓިކު ފުޅިތައް ކަނޑާފާ). ދިރިއުޅެން ވަޒީފާ އެބަ ބޭނުންވޭ. ރަށަކުން ކިތައް ވަޒީފާ ނެރެވޭނެ؟ ބަލި ވުމުން ޕެނަޑޯލް ގުޅަގަނޑެއް ނުލިބޭހާލުގާ މާލެ އަންނަން ޖެހެނީ ޒަރޫރީ ހާލަތުގާ (މިސާލަކީ: ސިޔާސިވެރިން މެޑަލް ޖަހަން “ނަރުދަމާ ހަދާދޭނަން” “ލަފާނެ ފާލަމެއް ހަދާދޭނަން”…). ޒަރޫރީ ހުރިހާކަމެއް ފުރިހަމަ ވަންޏާ، މާލެއައުގެ މާނައެއް ދޭހައެއްނުވޭ.
    މަށަކީ މާލެ މީހެއް، ނަމަވެސް ފަހުރުވެރިއެއް ނުވަން، އަދި ދެން އުޅޭ މީހުންނަށް ބަދުބަހެއް ބުނާކައްނެތިން. ކޮންމެ ރަށެއްގާވެސް ރުނ*ން އުޅޭނެ. އެއީކީ މާލެއައް އަދި އެހެން ރަށަކައްވެސް ޚާއްސަވެގެންވާ ކަމެއް ނޫން.

  7. ނިކަމެތި ރަށުފުށު މީހާ

    މާލޭ މީހުން އަބަދު ވެސް ގޭގޭ ހޯދާފަ ބޮޑު އަގު ކުއްޔަށްދީފަ.. އެ ލިބޭ މީހާގެ ދެމަފިރިންނަށް އަދި ކުދިންނަށް ގެ ލިބެނީ އަބަދުވެސް.. ރާއްޖޭ ތެރެއިން ވިޔަސް މާލެއިން ވިޔަސް… ރާއްޖޭތެރޭގައި އުޅޭނެ އަމިއްލަ ތަނެއް ނެތް މީހުން އެބަތިބި.. ނަމަވެސް މާލޭ މީހާ ކިޔާ ރާއްޖެ ތެރެއަށް އުފަން މީހގެ ފިރިމީހާއަށް މާލޭގަ ގެއެއް ހުއްޓަސް ރަށުން ލިބޭ.. ނަމަވެސް ރަށުގައި ހުރިއްޔާ މާލެއިން ނުލިބޭ.. ނަމަވެސް މިައަދު ރާއްޖޭތެރޭގައި އުޅޭ މީހާއަށް ރަށުން ވެސް އަމިއްލަ ގެއެއް ނުލިބިގެން…

  8. ޖުނައިދު

    މާލެ މީހުންނަކީ ރާއްޖެތެރޭ މީހާކުލި ދެއްކީމަ ކައިގެން ބޮއެގެން ތިބޭމީހުން.

  9. މާލޭގައި އުޅޭ އަތޮޅު ސޮރު

    މާލޭގައި ދިރިއުޅެނީ “ރާއްޖެތެރޭ” މީހުންނެއް ނޫންތަ؟ ރަށެއްގަ އާބާދީގެ ބޮޑުބައެއް އުޅެނީ މާލެއަކު ނޫންތަ؟ އެންމެ މުހިއްމު ނުކުތާތަކަށް ފޯކަސް ދީފައެއް ނެތް.