Follow us on
2018ވީ ވާހަކައިގެ ވައްޓަފާޅި ބަދަލުކޮށްލި އަހަރަކަށް
| މަރިޔަމް ޝަމީލާ

ވާހަކަ ކިޔުމަކީ ދިވެހިން ވަރަށް ޝައުގުވެރިކަން ހުންނަ ކަމެކެވެ. އެކި ފޮތް ފިހާރަތަކަށް ގޮސް ވާހަކަ ފޮތްތައް ހޯދައިގެން އެ ކިޔުމަކީ ދިވެހިންގެ އާދައެކެވެ. ނަމަވެސް ޒަމާން ބަދަލުވެ، މިހާރު މިވަނީ ވާހަކަ ކިޔޭނެފަސޭހަ ގޮތޮތައް ތައާރަފު ކޮށްފައެވެ. އޮންލައިން ދިވެހި ވާހަކަ ސައިޓުތައް އުފެއްދުމުން އެ ސައިޓުތައް ވަނީ ވަރަށް އަވަހަށް ދިވެހިންގެ މަގުބޫލުކަން ހޯދާފައެވެ. އެގޮތުން ވާހަކަ.ކޮމް އަކީ އެކަން ސާބިތު ކޮށްދިން އެއް ހެއްކެވެ.

2011 ވަނަ އަހަރު އުފެއްދި ވާހަކަ.ކޮމް، މެދު ކެނޑުމަކަށްފަހު 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ދިވެހިންގެ ތެރެއަށް އެނބުރި އަައި ވާހަކަ.ކޮމް އަކީ ދިވެހިންގެ ތެރޭގައި މިހާރު އެންމެ ނަން ހިނގާ އެއް ވާހަކަ ސައިޓެވެ. ކުޑަ ދުވަސްކޮޅެއްގައި ބޮޑު ކުރިއެރުމެއް ލިބިގެންދިޔުމީ ދިވެހި ވާހަކައިގެ ދުނިޔެ އަށް ވަރަށްބޮޑު ކުރިއެރުމެކެވެ. ވާހަކަ.ކޮމްގައި 805 މެމްބަރުން ރެޖިސްޓްރީ ވެފައިވާއިރު 2928 ވާހަކަ މިހާރު ވަނީ ޕަބްލިޝް ކޮށްފައެވެ. އެވާހަކަ ތަކަށް 5313 ކޮމެންޓު ލިބިފައިވާއިރު، ވާހަކަ.ކޮމްގެ ފޭސްބުކް ޕޭޖަށް 28،381 ލައިކްސް ލިބިފައިވެއެވެ. އަދި އޭގެ އިތުރުން ޓްވިޓަރ ގައި 891 ފޮލޯވަރުން ތިބިއިރު އިންސްޓަރގްރާމްގައި 1983 ފޮލޯވަރުން އެބަ ތިއްބެވެ. 2018 ވަނަ އަހަރު މި ސައިޓަށް ވަތް މީހުންގެ އަދަދު މިހާރު 182،867 އަށް ވަނީ އަރާފައެވެ. އަދި ވާހަކަ.ކޮމް ސައިޓަށް މިއަދާ ހަމަޔަށް 8،3003،181 ވިއުސް ލިބިފައިވެއެވެ.

ދިވެހިންނަކީ ވާހަކަ ކިޔުމުގެ އިތުރަށް ވާހަކަ ލިޔުމަށްވެސް ޝައުގުވެރިކަން ހުންނަ ބަޔަކަށް ހަދައި ވާހަކަ ލިޔުމުގެ ފަންނު ކުރިއެރުވުމަށްޓަކައި ވާހަކަ.ކޮމް އިން ވަނީ “މަންތްލީ ޗެލެންޖު”ގެ ނަމުގައި މުބާރާތެއްވެސް ބާއްވާފައެވެ. “ސުނާމީ ވާހަކަ” ގެ ނަމުގައާއި، “އެބިއުސް ވާހަކަ”ގެ ނަމުގައާއި، “ވަކިން ލޯބިން”، “ސަޅި އަންހެނުން” އަދި “ފުލޯކު ވާހަކަ” ފަދަ ނަންނަމުގައި މި ޗެލެންޖު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވާހަކަ.ކޮމް ގެ ފަރާތުން ކުޑަކުދިންގެ ތެރޭގައި ވަަރަށް ބޮޑު މަގުބޫލުކަން ހޯދާފައިވާ ފޮތެއްވެސް ވަނީ ޝާއިއުކޮށްފައެވެ. “ބަސްނާފުށި” ގެ ނަމުގައި ނެރުނު މި ފޮތް ވެގެން ގޮސްފައިވަނީ ކިޔުންތެރިންނަށް ވަރަށް ކަމުދިޔަ ފޮތަކަށެވެ. ބަސްނާފުށީގެ 2000 ކޮޕި ޕްރިންޓް ކުރިއިރު 1800 ފޮތް ވަނީ ވިކިފައެވެ. އަދި 200 ފޮތް ވަނީ ހަދިޔާ ކޮށްފައެވެ.

ވާހަކަ.ކޮމް ގެ ފަރާތުން މީޑިއާ ތަކަށް ވެސް ވާހަކަލިޔުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ވަގުތު، ދަޕްރެސް، ހަލި ނިއުސް، ބިޓުވީން ދަ ލައިންސް ފަދަ މީޑިއާތަކަށް ވާހަކަ.ކޮމް ގެ ލިޔުންތެރިން ވަނީ ވާހަކަ ލިޔެދީފައެވެ.

ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނެލްތަކުން ވެސް ވާހަކަ.ކޮމްގެ މަސައްކަތް ބަލައިގަނެ، އިތުރަށް ކުރިއެރުވުމަށްޓަކައި، ވާހަކަ.ކޮމް ފީޗާކުރާ ޝޯވ ތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އައިސް ޓީވީ އިން ކުރިޔަށް ގެންދާ ‘ވަރަށް ވާހަކަ’ ޕްރޮގުރާމާއި، ‘ބިޓުވީން ދަ ލައިންސް’ ޕްރޮގްރާމާއި ‘ޒެލް އޮކްލޮކް’ ފަދަ ޕްރޮގްރާމް ތަކުގައި ވަނީ ވާހަކަ.ކޮމް ފީޗާކޮށްފައެވެ. އަދި ޓީވީއެމް ގެ ‘މަގޭ ރާއްޖެ’ ޕްރޮގްރާމާއި، ރާއްޖެ ޓީވީ ގެ ‘ފަށާއިރު’ ޕްރޮގުރާމާއި، ޗެނަލް13 ގެ ’12 ގަޑި’ އަދި ގޯޕްލަސްގެ ‘ހަވާސާ’ ޕްރޮގްރާމުގައިވެސް ވަނީ ވާހަކަ.ކޮމް ފީޗާކޮށްފައެވެ.
މިހާ މަދު ދުވަސްކޮޅެއްގައި ވާހަކަ.ކޮމް ސްޕޮންސަރުންގެ އެހީއާއި ނުލާ މަގުބޫލުވެގެން ނުދިޔައީސްކަން ޔަގީނެވެ. ލެޕްޝޮޕް، ސޭންޑުވިޗް ބަރ، ޘޫމް، ކޮފީ ލެބް ބައި ފެމިލީ ރޫމް، ޓްރިޕްވެރިން، ރާއްޖެޓުއަރ، އަގީގާ ސާރވިސް، ސުނީ ފޮޓޯގުރަފީ، މައިންޑް އާރޓް އަދި ފާނޫޒް އަކީ އެގޮތުން ފާހަގަ ކޮށްލެވޭ ސުޕޮންސަރުންނެވެ.

ޚިޔާލު ފާޅުކުރައްވާ