Follow us on
އައިފިލް ޓަވަރއާ ބެހޭ ގޮތުން ނޭނގޭ އެތައް މަޢުލޫމާތު ތަކެއް
| ފާނޫޒް.ކޮމް

އައިފިލް ޓަވަރަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ދަތުރު ކުރާ މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލެވެ. ފްރާންސްގެ ޕެރިސްގައި ހުންނަ މިޓަވަރ ބަލާލަން އަހަރެއްގެ މައްޗަށް އެތައް މިލިޔަން ޓޫރިސްޓުންނެއް އެޤައުމަށް ދަތުރު ކުރެއެވެ. މީގެ ތެރޭގައި ދިވެހިންވެސް ހިމެނެއެވެ.

ލޯބީގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މިތަނަށް ގިނަ ދިވެހިންގެ ނަޒަރު ހުއްޓިފައިހުރިއިރު، 1889 ހުޅުވާފައިވާ މިޓަވަރކީ އޭރުގައި އެހާބޮޑު މަޝްހޫރުކަމެއް ލިބިގެން ދިޔަތަނެއް ނޫނެވެ. ތިރީގައި މިވަނީ މި ޓަވަރާއި ބެހޭ ގޮތުން ފަހަރުގައި ނޭނގި ހިނގައިދާނެ ބައެއް މަޢުލޫމާތު ތަކެވެ.

1887 އަހަރުގައި މިޓަވަރު ބިނާ ކުރަން ފެށުމާއިއެކު މިޓަވަރުގެ މަސައްކަތް ހުއްޓުވުމަށް ފްރާންސްގެ 300 އެއްހާ މީހުން، އާޓިސްޓުންނާއި އާކިޓެކްޝަރުންނާއި ހިމެނޭގޮތަށް ޕެޓިޝަނެއްގައި ހުށަހެޅިއެވެ. ނަމަވެސް އޭރުގެ އެޤައުމުގެ ސަރުކާރުން ނިންމީ އެކަންތަކަށް މާބޮޑު ސަލާލުކަމެއް ނުދީ ޓަވަރުގެ މަސައްކަތް ބާރު ސްޕީޑެއްގައު ކުރިޔަށް ގެންދާށެވެ. މިގޮތުން މި ޓަވަރު ހުޅުވެފައިވަނީ ހަދަން ފެށިތާ ދެ އަހަރާއި ދެމަހާއި ދެ ދުވަސް ފަހުންނެވެ.

މިޓަވަރު ބިނާ ކުރުމަށް 7,799,401.31 ފްރާންސް ގޯޅްޑް ޚަރަދުވިއެވެ. 1,063 ފޫޓް އުސް މިނުގައި ހުންނަ މިޓަވަރުގެ އެންޓެނާ ނުލާ އުސްމިނުގައި ހުންނަނީ 984 ފޫޓްއެވެ. މިޓަވަރު ހޫނުވާން ފެށުމުން ބޮޑުވާ ކަމަށް ލިޔުންތަކުގައިވެއެވެ. މިގޮތުން އިރުދިނުމުން މިޓަވަުގެ ދިގުމިން އަދި ފުޅާމިން 7 އިންޗި ބޮޑުވެއެވެ.

އައިފިލް ޓަވަރ ބިނާ ކުރީ ގުސްޓޭވް އައިފިލް ނަމަކަށް ކިޔާ ފުރާންސްގެ ސިވިލް އިންޖިނިއަރެއްގެ ބެލުމުގެ ދަށުންނެވެ. ފްރާންސްއަށް އޭރު އަންނަމުންދާ ތަރައްޤީ ދައްކާދިނުމަށް ހަދާފައިވާ މިބިނާ ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 30 އަހަރަށެވެ. އަދި އޭރު ޕްލޭންކޮށްފައި އޮތީ ޓަވަރު ހަދާތާ 20 އަހަރު ތެރޭގައި ނެގުމަށެވެ.

1944 ވަނަ އަހަރު އެޑޯލްފް ހިޓްލާ ތަޅާލުމަށް އަމުރު ކުރި އައިފިލް ޓަވަރ އަދިވެސް އެހުރީ މީގެ ކުރިންވެސް ހުރި ގޮތަކާށެވެ. މިޓަވަުގައި މިހާތަނަށް ކުލަ ލާފައިވަނީ އެންމެ 13 ފަހަރުއެވެ.

ޚިޔާލު ފާޅުކުރައްވާ