Follow us on
ފައިފަޅައިގެން ދިޔައީތަ. ހާސްނުވޭ، މިއޮތީ ހައްލު!
| އަޙުމަދު އަނަސް

ފައިގެ ދަށްފުށުގެ ހަންގަނޑު ފަޅަފަޅައިގެން ދާ މައްސަލައަކީ ވަރަށް ގިނަ އުމުރު ފުރައިގެ ބޭފުޅުން ދިމާވާ މައްސަލައެކެވެ. ފައިގެ ދަށްފުށުގެ ހަންގަނޑު ކުރަކިވެ ފަޅައިގެން ދިއުމުން، ކެމިކަލްގެ މާއްދާތައް އެކުލެވިފައިވާ ޕްރަޑަކްތައް ބައެއް ބޭފުޅުން ބޭނުން ކުރެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ފައި އިތުރަށް ކުރަކިވެ، ފަޅައިގެން ގޮސް އިތުރަށް މައްސަލަ ޖެހޭ ފަހަރު އާދެއެވެ. މިގޮތަށް ދިމާވާ ބޭފުޅުންނަށް އެންމެ ރަނގަޅު އެއް ހައްލަކީ ޤުރުރަތީ ވަސީލަތްތަކުންނާއި ފަތްފިލާ ވެލިން އުފައްދާފައިވާ ޕްރަޑަކްޓް ތަކެވެ.

ދާދިފަހުން ރާއްޖެއަށް ތަޢާރަފްކޮށްފައިވާ “ފޯ އެވަރ ސްކިން ނެޗްރަލްސް” ގެ ފުޓް ކްރީމްއަކީ ހިތި ފަތް އަދި ރީނދޫ ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ އެއްވެސް ބާވަތެއްގެ ކެމިކަލްއެއް އެކި ނުލެވޭ ޕްރަޑަކްޓްއެކެވެ.

މުޅިންވެސް ޤުދުރަތީ މާއްދާތަކުން ތައްޔާރުކޮށްފައިވާ މިޕްރަޑަކްޓް ބޭނުން ކުރުމުގެ ސަބަބުން ފައިގެ ހަންގަނޑަށް އިތުރު ތާޒާކަމެއް ގެނެސްދެއެވެ. އަދި މީގައި އެކުލެވޭ ތަފާތު ގިނަ މާއްދާތަކުގެ ސަބަބުން ފައިގެ ހަންގަނޑުގައި މަރުވެފައި ހުންނަ ސެލްތައް ނައްތާލާ އިތުރު ސެލްތައް ދިރުވުމަށް އެހީއަކަށްވެގެންދެއެވެ. މީގެ ސަބަބުން ފައިގެ ހަންގަނޑު ފަޅައިގެންދާ މައްސަލައަށް ޙައްލެއް ލިބިގެން ދެއެވެ.

ދިވެހިންގެ މެދުގައިވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޤްބޫލު ކަމެއް ލިބިގެން ގޮސްފައިވާ “ފޯ އެވަރ ސްކިން ނެޗްރަލްސް” ގެ ފުޓް މާކް މިހާރު ގިނަ ދިވެހިން ބޭނުން ކުރަމުން އަންނަ އިރު، މިޕްރަޑަކްޓް ބޭނުން ކުރާ ބައެއް ފަރާތްތަކުން “ރާއްޖެ ފީޑް” އަށް މައުލޫމާތް ދެމުން ބުނެފައިވަނީ މިޕްރަޑަކްޓް ބޭނުން ކުރަން ފެށިތާ ހަފްތާއެއް ތެރޭގައި ނަތީޖާ ފެންނަ ކަމަށެވެ.

” ބޭބެގެ ފައިގެ ހަންގަނޑު ކަނޑައިގެން ގޮސްގެން ވަރަށް ގިނަ ބޭސް ބޭނުން ކުރިން. ޑޮކްޓަރަށްވެސް ދެއްކިން. ދިޔާމަ ދެނީ އެންޑިޑާމް ފުޅިއެއް. އޭގެން ވާ ކަމެއް ހަރާމް. ދެން ބޭބެއަށް މީގެ ހަފްތާއެއް ކުރިން ފުޓް ކްރީމްގެ ވާހަކަ އަޑު އިވުނީ. ކޮއްކޯ ބުނަން. ހާދަ ރަނގަޅޭ މި ކްރީމް. ހަފްތާއެއް ތެރޭގައި ވަރަށް ބޮޑުތަން މިހާރު ރަނގަޅުވެއްޖެ” އުމުރުން 54 އަހަރުގެ “ފޯ އެވަރ ސްކިން ނެޗްރަލްސް” ގެ ފުޓް ކެއަރ ބޭނުން ކުރަމުން އަންނަ މުޙައްމަދު އިހްސާން ބުންޏެވެ.

އެންމެ ރަނގަޅު ނަތީޖާ ނެރުމަށް ދުވާހަކު ދެ ފަހަރު އުނގުޅުމަށް އިރުޝާދު ދީފައިވާ މިކްރީމް އުނގުޅުމުގެ ކުރިން ފައި ރަނގަޅަށް ދޮވެލާފައި ހިއްކާލުން މުހިންމެވެ. އަދި އުނގުޅާ ވަގުތު ފައިގެ ދަށްފުށް މަސާޖް ކުރުމަކީ މި ޕްރަޑަކްޓް ރަނގަޅަށް މަސައްކަތް ކުރުމަށް އެޅޭނެ އިތުރު ބޮޅެކެވެ.

މި ޕްރަޑަކްޓް ބައްލަވައިގަތުމަށް 9979981 މި ނަމްބަރަށް ގުޅުއްވާށެވެ. ނުވަތަ ރާއްޖެ ފީޑް ޕޭޖްއަށް މެސެޖް ކުރައްވާށެވެ. މެސެޖް ކުރެއްވުމަށް މިލިންކްއަށް ފިއްތަވާލަށްވާށެވެ. މި ޕްރަޑަކްޓް ލިބިވަޑައިގަންނަވާނީ 150 ރުފިޔާއަށެވެ.

ޚިޔާލު ފާޅުކުރައްވާ