Follow us on
އަންނަ ހުކުރު ދުވަހު ކާނީ ކުކުޅު ފައިތިލަ ދޯ؟
| ފާނޫޒް.ކޮމް

 

ކުކުޅަކީ މިއަދު ގިނަ އުމުރުފުރާގެ މީހުނަށް ކަމުދާ އެއްޗެކެވެ. ހުކުރެއްވިއްޔާ ކުކުޅެއް ނުކައްކާގެއެއް މަދުވާނެއެވެ. ކުކުޅު ރިހަ، ތެލުލި ކުކުޅު، ކުކުޅު ނޫޑްލްސް މިހެން ގޮސް ލިސްޓްގެ ކޮޅެއް ނެތެވެ. ސުވާލަކީ ކުކުޅު މަހާއި އެއްވަރަށް ކުކުޅު ފައިތިލަ ކަމުދާއެއް ޗަކަށް ވެދާނެ ހެއްޔެވެ.

ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި ކުކުޅު ފަތިލައަކީ ބާޒާރުގައި ނުހަނު ބާރަށް ވިކެމުންދާ އެއްޗެކެވެ. ޗައިނާ، ބުރެސިލް، މެކްސިކޯ އަދި ކޮރެއާ ފަދަ ބައެއް ޤައުމުތަކުގައި ކުކުޅުފައިތިލައިން ތައްޔަރުކުރާ ކެއުންތަކަކަކީ އެޤައުމުތަކުގައި ވަރަށް ހިނގާ މަޤްބޫލު ކެއުންތަކެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ކުކުޅު ފަތިލައަށް އޮންނަ ޑިމާންޑު ބޮޑުވުމާއެކު ކުކުޅު ފައިތިލައިގެ އަގު ޗައިނާގައި ދަނީ މައްޗަށް ޖެހެމުންނެވެ.

ކުކުޅުފައިތިލައިގެ “ޑިޝްތައް”  އެކިޤައުމުތަކުގައި ތައްޔާރު ކުރާގޮތް ތަފާތެވެ. މިގޮތުން ފައިތިލަ ތެލުލުން ނުވަތަ ކެއްކުން ހިމެނެއެވެ. އިންޑޮނޭޝިއާގައި އަދި ޖަމައިކާގައި ކުކުޅު ފައިތިލައިން ސޫޕް ހަދާއިރު ޗައިނާގައި އޭގެން “ޑިމް ސަމް” ހަދައެވެ.

ޓައިވާންގެ ދިރާސާ ކުރާ ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި ކުކުޅުފައިތިލައިގައި “ކޮލާޖަން” ގިނަ މިންވަރަކަށް ހުރުމާއެކު އެ ކެއުމުން ހަންގަނޑުގެ ޒުވާންކަން ދަމަހައްޓައިދެއެވެ. އަދި ނާރުތަށް ވަރުގަދަ ކޮށްދީ “އާތުރައިޓިސް” ޖަހުމަށް އޮންނަ މަގު ހަނި ކޮށްދެއެވެ.

ޚިޔާލު ފާޅުކުރައްވާ