Follow us on
ޓެކްސީއަށް އަތް ހޫރަ ހޫރާ ހުއްޓާ އެ ޖެހުނީ ގަޑި، ކޮބާ ހައްލަކީ؟
| އަޙުމަދު އަނަސް

ތައްޖެހިފައިވާ މާލޭގައި ދިރިއުޅޭ ކޮންމެ މީހަކުވެސް، މާލޭގެ ކުއްޔަށް ފަހު، ދެން އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ މާލޭގައި ޓެކްސީ ލިބުމުގެ ދަތި ކަމުގެ ވާހަަކައެވެ. ޓެކްސީއަކަށް އަތް ހޫރުވަން މަގުމަތީގައި އުޅެނިކޮށް، އޮފީހަށާއި، ސްކޫލަށް ގަޑި ޖެހޭ ވާހަކައެވެ. ތަނަކަށް ގަޑިއަށް ދާން ޓެކްސީ އެއް ނުލިބޭ ވާހަކައެވެ. ހުޅުމާލެއަށް ޓެކްސީގައި ދާން ޖެހޭނަމަ އެނަގާ ބޮޑު ފީއެއްގެ ވާހަކައެވެ. މިކަންކަމަށް ގިނަ ބަޔަކު ތިބީ ހައްލެއް ބޭނުންވެފައެވެ.

ހައްލަކީ ކޮބާ؟
ދުނިޔޭގައި ޓެކްސީ ހިދުމަތް މުޅިިން ބަދަލުވެއްޖެ އެވެ. ފޯނު އެޕަކުން ޓެކްސީ ހަމަޖައްސައި، ޓެކްސީ އޮތް ތަން އެނގި، އަންނަން ނަގާނެ އިރު ވެސް ލަފާކުރެވެ އެވެ. ރާއްޖޭގައިވެސް މިޚިދުމަތް މިހާރު މިވަނީ ފަށާފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ، “އަވަސް ރައިޑް” އަކީ ރާއްޖޭގެ ޓެކްސީގެ ޚިދުމަތަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައި ރާއްޖެއަށް ތަޢާރަފްކޮށްފައިވާ އެޕްލިކޭޝަންއެކެވެ.

އަވަސް ވާނެ!
އަވަސް ރައިޑް އެޕްގެ ހިދުމަތް ފެއްޓިތާ އަދި މިވީ ހަ ވަރަކަށް ދުވަހެވެ. “އަވަސް ރައިޑް” އެޕްލިކޭޝަންގެ ޚިދުމަތް ދޭން ފެށިތާ2 ދުވަސް ތެރޭގައި އެ އެޕްލިކޭޝަންވަނީ 300 މީހުންނަށްވުރެ ގިނަ މީހުން ބޭނުންކޮށްފައެވެ. ހަމަގައިމުވެސް މިހާ ބޮޑު ތަރުޙީބެއް ލިބިގެންދާނީ، މިހާރު އޮންނަ “އަތް ހޫރާ ސިސްޓަމަށް” ވުރެ، މި ސިސްޓަމް ލައްކަ ފަސޭހަ ވީމަތާއެވެ.

ރާއްޖޭގެ އޫބާ!
“އަވަސް ރައިިޑް” އިން ދަތުރު ހޯދައިގެން ދަތުރު ކުރި ބައެއް މީހުންނާ “ފާނޫޒް” އިން ވާހަކަ ދައްކާލީމެވެ.

“މިއީ ހަމަ ރާއްޖޭގެ އޫބަރ. ޓެކްސީ ގެނީމަ އެބަ އިނގޭ މިހާރު ޓެކްސީ އޮތް ހިސާބު. ދަތުރު ކުރަމުން އަންނަ މަގު. އާދެވޭނީ ކިހާ އިރަކުންކަން. ބޭރު ޤައުމުތަކުން ބޭނުން ކުރަމުން އަންނަ ޓެކްސީ ޚިދުމަތް، އޫބަރ، އިން ލިބޭ ހުރިހާ ޚިދުމަތެއްހެން ‘އަވަސް ރައިޑް’ އިން އެބަ ލިބޭ. މިއީ ހަމަ ފައްކާއެޕްލިޝަނެއް.” “އަވަސް ރައިޑް” އެޕްލިކޭޝަން ބޭނުން ކުރި ޒުވާނަކު ހެވި ދިއްލިފައިހުރެ ކިޔައިދިނެވެ.

ކާކުގެ ޚިޔާލެއް؟
ރާއްޖޭގައި މިހާރު އޮތް ޓެކްސީ ސިސްޓަމް، އަތް ހޫރުވުމާއި ޓެކްސީ ސެންޓަރަށް ގުޅައިގެން މަޢުލޫމާތު ހޯދަން، ބޮޑު ކަމަކަށް ވެގެން އެކަން ބަދަލު ކުރަން މަސައްކަތް ފެށީ އެންމެ19 އަހަރުގައި، މުހައްމަދު ޔާނިއު ރަމީޒުއެވެ. ކުރިން ޓެކްސީ ހޯދުމުގައި ދިމާވާ ތަކުލީފްތަކަށް ލުޔެއް ގެނެސްދިނުމުގެ، ނިޔަތުގައި ޔާނިއު ފެށި މި މަސައްކަތަކީ، މީގެ އަހަރު ތަކެއް ކުރިން ޔާނިއުގެ ބައްޕަ ހަސަން ރަމީޒުގެ މަސައްކަތުން އިސްޕަޔާޑް ވެގެން ފެށި މަސައްކަތެއް ކަމަށް ޔާނިއު ބުނެއެވެ. “ކޮބާ ޓެކްސީ” ގެ ނަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދައާއެކު އެންމެ ފުރަތަމަ މިފަދަ އެޕްއެއް ރާއްޖެއަށް ގެނެސްދިނީ ހަސަން ރަމީޒުއެވެ. ޔާނިއު ބޭނުންވަނީ، “ކޮބާ ޓެކްސީ” އަށް ވުރެ ދިވެހިންގެ ބޭނުންތަކަށް ފަރިތަ އެޕްލިކޭޝަނެއް އުފައްދާށެވެ. ބަލާ ބެލުމަށް ޔާނިއުގެ އުންމީދު ޙަޤީޤަތަކަށް ވެއްޖެއެވެ.

ކިހިނެތް އެޕްލިކޭޝަން ޑައުންލޯޑް ކުރާނީ؟
150 އަށްވުރެ ގިނަ ކާރު މިހާރުވެސް ރަޖިސްޓްރީކޮށްފައިވާ “އަވަސް ރައިޑް” އެޕްލިކޭޝަންއަކީ ބޭނުން ކުރަން ނިކަން ފަސޭހަ އެޕްލިކޭޝަންއެކެވެ. މި އެޕްލިކޭޝަން ޑައުންލޯޑް ކުރައްވަން ބޭނުންނަމަ ތިރީގައިވާ މި ލިންކަށް ފިއްތާލައްވާށެވެ.

އެންޑްރޮއިޑް އެޕްލިކޭޝަން

އައިއޯއެސް އެޕްލިކޭޝަން

ޚިޔާލު ފާޅުކުރައްވާ