Follow us on
ޖާބިރަށް މަލާމާތްނުކޮށް ނަގަންވީ ނަމޫނާ!
| އަޙުމަދު އަނަސް

އެންމެ ފުރަތަމަ އިވިގެން ދިޔައީ ޖާބިރު އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ބައިވެރިވެ، ޕްރައިމަރީއިން ނާކާމިޔާބުވެ ވަޑައިގަތް ވާހަކައެވެ. އެކަމާއި ގުޅިގެން އެތައް ބަޔަކު މީސް މީޑިޔާގައި ޖާބިރަށް މަލާމާތްކުރަން ފެށިއެވެ. އެހެނަސް ޖާބިރަކީ ދުވަހަކުވެސް މީހަކު ބުނާ ބުނުމަކުން ނުވަތަ ދައްކާ ވާހަކައަކަށް ބެލުމެއް ނެތި ކުރިޔަށް ވަޑައިގަންނަވާ ބޭފުޅެކެވެ.

ޕްރައިމަރީއިން ނާކާމިޔާބުވެ، މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އޮތް ހުރިހާ ދޮރެއް ޖާބިރަށް ބަންދުވެ ދިޔުމުންވެސް ޖާބިރުގެ ހިތްވަރު އެލުވައެއް ނުލައެއް. ތިމަންނާއަށް ދެން އޮތް ގޮތަކީ ކޯޓަށް ގޮސް ތިމަންނާގެ ޚައްޤު ހޯދުން ކަމުގައި ދެކިގެން ދެން ޖާބިރު ވަޑައިގަތީ ކޯޓަށެވެ. ރާއްޖޭގެ ކޯޓުތަކާއި ރައްޓެހި ޖާބިރު ކުރި ހިތްވަރާއި ބުރަ މަސައްކަތުން، ޕްރައިމަރީއިން ނާކާމިޔާބުވާ މީހުނަށްވެސް މަޖިލިސް އިންތިޙާބުގައި ބައިވެރި ވެވޭނޭ ކަމަށް ދިވެހި ރާއްޖޭގެ ސުޕުރީމް ކޯޓުން ހުކުމް ކުރިއެވެ. ޖާބިރުގެ ހިތަށް ދިޔައީ ތަސައްލީއެއް ލިބިގެނެވެ.

ހ.ތިމާވެށި އަބްދުﷲ ޖާބިރު ދެން މަސައްކަތް ފެއްޓެވީ އެބޭފުޅާ އެ އެދޭ ތަރައްގީގެ ޕްލޭން ހެދުމަށެވެ. އެގޮތުން ގާފަރާއި ކާށިދޫ “މަތިންނާއި ތިރިން” ގުޅާލުމުގެ ވަރުގަދަ މާސްޓަރ ޕްލޭން އެ ބޭފުޅާ ހެއްދެވިއެވެ. އަދި ކިޔެއް! ގާފަރާއި ކާށިދޫއަށް އަރަބި ޓުއަރިޒަމް ތަޢާރަފު ކުރާނެ ކަމަށްވެސް އެ ބޭފުޅާ ވިދާޅުވިއެވެ. ކޮޅިގަނޑު ފެށުނީ މިހާ ހިސާބުންނެވެ. ޖާބިރަށް މަލާމަތް ކުރަން ފަށައިފިއެވެ. ތެދެކެވެ. ޖާބިރަކީ މިޒާޖުގައިވެސް މަޖާ، ސަކަރާތްޖަހާ ގޮތެއް ހުންނަ ބޭފުޅެކެވެ. އެހެނަސް އެ ބޭފުޅާއަކީ ގިނަ ބަޔަކު ހީކުރާކަހަލަ މޮޔައެއް ނޫނެވެ. އެކަން ހަމަ ޔަގީން ކަށަވަރެވެ. އަހަރެންގެ ގާތަށް ހިނި އަންނަނީ ބިލިއަނެއްގައި އިންނަނީ ކިތައް ސުމެއް ކަން ނޭނގޭ ބަޔަކު، ޖާބިރު ކާށިދޫ އާއި ގާފަރު ތަރައްގީ ކުރުމަށް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އެއް ކުރާނޭ ކަމަށް ބުނުމުން މަލާމާތް ކުރުމުންނެވެ.

ކާށިދުއާއި ގާފަރާއި ދެމެދު ކޭބަލް ކާރު އޮޕަރޭޓު ކުރާނޭ ކަމާއި، ކާށިދޫގައި އެއަރޕޯޓެއް އަޅާނެ ކަމާއި، ކާށިދުގައި ސޫޝީ ބާއެއް އަދި ގާފަރުގައި ޝީޝާ ބާއެއް އަޅާނެ ކަމަށް ޖާބިރު ވިދަޅުވުމުން ބަޔަކަށް ހިނި އަތުވެދާނެއެވެ. ސޯޝަލް މީޑިޔާގައި މަލާމާތްވެސް ކުރެވިދާނެއެވެ. މިކަންކަމާއި ގުޅޭގޮތުން ޖާބިރުގެ ބަހެއް ހޯދާލުމަށް އޭނާއަށް ގުޅާލީމެވެ.

މީސްމީޑިޔާގައި ޖާބިރުއާ މެދު ދެކެވޭ ވާހަކައާއި މެދު ސުވާލުކޮށްލުމުން ޖާބިރު އެންމެ ފުރަތަމަ އެއްސެވީ ތިމަންނާއަށް މަލާމްތާ ކުރަނީ ކޮންބައެއް ތޯއެވެ. އަދި ކުރަނީ ކޮންކަހަލަ މަލާމާތެއްތޯއެވެ. އަދި އެއަށްފަހު އެ ބޭފުޅުން އެގޮތަށް އެ މަލާމާތްކުރަނީ ތަރައްގީ ނުވާތީކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ.

[su_quote style=”default” cite=”” url=”” class=””]ކޮންކަހަލަ މަލާމާތެއްތޯ؟….. ކާކުތޯ މަލާމާތްކުރަނީ؟…. ތީ ތަންދޮރު އޮޅުން ނުފިލާ ބަޔަކު، ތަހުޒީބު ނުވާ ބަޔަކު އެކަހަލަ ވާހަކަ ދައްކާނީ އިނގޭތޯ…. އެ ނިމުނީ އެހާހިސާބުން. ތަހުޒީބު ނުވަނީ އެމީހުން، ތަރައްގީ ނުވަނީ.[/su_quote]

ކާށިދޫއާއި ގާފަރު ތަރައްގީ ކުރުމުގެ ޕްރަޖެކްޓާއި ބެހޭގޮތުން ސުވާލު ކުރެއްވުމުން ޖާބިރު ވިދާޅުވީ މިހާރުވެސް މަސައްކަތް ފެށިގެން ކުރިޔަށް ދާކަމަށާއި، އަދި މިހާރުވެސް ވަރަށް ބިޒީކޮށް މި އުޅުއްވަނީ އެ މަސައްކަތުގައި ކަމަށެވެ.

މި ހުރިހާ ކަމަކުންވެސް އެނގެނީ ޖާބިރަކީ ކަންކަމާއި ކުރިމަތިލާން ކެރޭ ވަރުގަދަ މީހެއް ކަމަށެވެ. އެހެން މީހުން ބުނާ އެއްޗަކަށް ބެލުމެއްނެތި ކުރިޔަށް ވަޑައިންނަވާ މީހެއް ކަމަށެވެ. ޖާބިރު އެ އަންނަީ ކުރަން ނިކުތް ކޮންމެ ކަމެއްވެސް ހިތްވަރާއި، ކެރުންތެރިކަމާއި އެކު ކުރަމުންނެވެ. ޖާބިރުގެ ހިތްވަރު، ކޮންމެ މީހަކުވެސް ނަމޫނާއެއްގެ ގޮތުގައު ބަލަންއެބަޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ