Follow us on
ވިޒިޓް ލާމު: ލާމަށް ނާންނަންވީ ސަބަބެއް ނެތް
| އަޙުމަދު އަނަސް

ލާމު އަތޮޅަކީ ރާއްޖެއަށް ބަލާއިރުވެސް ޤުދުރަތީ ގޮތުން އެންމެ ރީތި އެންމެ މުއްސަދި އަތޮޅޭ ބުނުމުން އެކަމާ ދެކޮޅު ހަދާނެ ބަޔަކު ހުންނާނެ ހެނެއް ހީއެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ގިނަ ބަޔަކަށް ލާމު އަތޮޅުގެ އަސްލު ރީތި ކަމެއް ފެނިފައިއެވެ. “ވިސިޓް ލާމު” ގެ ނަމުގައި ލާމު އަތޮޅުގެ ޒުވާނުން ތަކެއް މަސައްކަތް ފެށީ މިސަބަބާ ހުރެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަމެއް ހޯދާފައިވާ “ވިޒިޓް ލާމު” ގެ ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް ހޭންޑަލްއަށް ބަލާލުމުން ހަމަގައިމުވެސް ލާމު އަތޮޅު ވަރަށް ރީތިކޮށް ސިފަވެގެންދެއެވެ.

“ވިޒިޓް ލާމު” ގެ ފަރާތުން “ވަގުތު” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި ޚިޔާލަކީ މީހުން ނަގާ ރީތި ފޮޓޯތައް އެއްތަނަކުން ބަލާލުމުގެ ފުރުސަތު ހޯދާދިނުމަށް ފެށި ކަމެއް. ދެން ގިނަ ބަޔެއްގެ ތަރުޙީބު މިކަމަށް ލިބިގެން ދިއުމާއިއެކުގައްޔާއި، ލާމު އަތޮޅު ރަނގަޅަށް ޕްރޮމޯޓް ކުރާނެ ބަޔަކު ނެތުމުން މިކަން ބޮޑުކޮށް ހިންގުމަށް މަސައްކަތް ފެށީ” ވިޒިޓް ލާމުގެ އޮފިޝަލަކު ބުންޏެވެ.

 

ވިޒިޓް ލާމުގެ ފަރާތުން “ވަގުތު” އަށް މަޢުލޫމާދު ދެމުން ބުނެފައިވަނީ ކުރިޔަށް އޮތް ތާންގައިވެސް ތަފާތު ޕްރޮޖެކްޓްތަކެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި މިކަމަށް ބޭނުންވާ ބަޖެޓް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

A beautiful destination 🌴✨ 📍: Laamu Link Road📸: @islandvibesmv #VisitLaamu #Maldives

Posted by Visit Laamu on Thursday, 18 April 2019

 

“އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މިކަން ވަރަށް ފުޅާ ކުރަން. ވަރަށް ކުރާ ހިތުން ކުރާ ޒުވާން ޓީމެއްގެ މަސައްކަތް މިއީ. އިންޝާ ﷲ މިކަމަށް ބަޖެޓެއް ލިބުނު ދުވަހަކުން މިކަމައިގެން ކުރިޔަށް ދާންނަ” އޮފިޝަލު ބުންޏެވެ.

ވިޒިޓް ލާމު އިން ލާމު އަތޮޅުގެ މަޢުލޫމާތު ހިމަނައިގެން މިހާރުވަނީ ސައިޓެއްވެސް ހަދާފައެވެ. ނަމަވެސް ސައިޓް ފަރުމާކޮށް އަދި ނުނިމޭ ކަމަށާއި ސައިޓް ނިމުމުން، އިނގެރޭސި އަދި ދިވެހި ބަހުން ލާމު އަތޮޅާ ބެހޭ މަޢުލޫމާތުތައް ސައިޓްގެ ޒަރިއްޔާއިން ލިބިގެންދާނެ ކަމަށެވެ.

ވިޒިޓް ލާމު ޕޭޖަށް ފޮޓޯ ތިބޭފުޅުންގެ ފޮޓޯ އަޕްލޯޑް ކުރަން ބޭނުންނަމަ ވިޒިޓް ލާމުގެ އިންސްޓަގްރާމް ހޭންޑަލް @laamuvisit އަށް ޓެގް ކުރައްވާށެވެ. ނުވަތަ މެސެޖް ކުރައްވާށެވެ. ފޭސްބުކް ޕޭޖަށް މެސެޖް ކުރެއްވިޔަސް ފޮޓޯތައް އަޕްލޯޑްކޮށްދޭނެއެވެ. ފޮޓޯ ބޭނުން ކުރުމުގައި ވިޒިޓް ލާމު އިން ފޮޓޯ ނަގާ ފަރާތައް ލިބެން ޖެހޭ ފުރިހަމަ ކްރެޓިޓްސް ދިނުމަށް ސަމާލުވާ ކަމަށް ވިޒިޓް ލާމު އިން ހާމަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ