Follow us on
ނެއްލައިދޫގައި އަދި ފުވައްމުލަކުގައި “މާހެފުން”، އިހުގައި އެކަން ކުރިގޮތް.
| ވިފާން

ޒަމާނީ ބަދަލުތަކާއި އެކު މިވަނީ ތަފާތު ޒާތްޒާތުގެ މާހެފުން ހަފަން ފަށާފައެވެ. މިހާރު “ހަފާ މާތައް” ކިޔައިދިނުމުގެ ބޭނުމެއް އޮތްހެނެއް ހިޔެއްނުވެއެވެ. ކާބަފައިން މިކަން ކޮށް އުޅުން ގޮތެއް ހޯދާލަމާތޯއެވެ.

އިހުގައި މިކަން ކޮށްއުޅުން ގޮތް ކަމުގައި ދުވަސްވީ މީހުންގެ ފަރާތުން އެނގިފައި އޮތީ، ހަނޑޫ މާ ޖައްސައިގެން ރިހާކުރާއި އެއްކޮށްގެން މޮޑެގެން މާހެފިކަމަށްށެވެ. މި މާ ތައްޔާރު ކުރަނީ ކުޅިކޮން ކަމަށްވެސް ބުނެ އުޅެޔެވެ. އަދި މާހަފާ ދުވަސް ކަމަށް ބުނެވެނީ ރަމަޟާން މަހުގެ ހަނދު ބަލަން އޮންނަ ދުވަހުގެ ދުވާލު ވަގުތު ކަމުގައި ދުވަސްވީ މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ. އަދި މާހެފުން ކުރިޔަށް ދަނީ ރަށުގެ ހުރިހާ އެންމެ އެކުވެ އެއްބައެއްގެ ގޮތުގައި ތިބެ ކަމަށް ވެސް ބުނެވެއެވެ. މިއީ ނެއްލައިދޫގައި މިކަން ކޮށް އުޅުން ގޮތެވެ.

ނެއްލައިދޫގެ އާދަކާދައާއި ތަފާތު އެތައްކަމެއް ފެންނަ ފުވައްމުލަކުގައި މިކަން ކޮށް އުޅުން ގޮތަށް ބަލައިލަމާތޯއެވެ. ރޯދަ އަށް ކުރާ ހުރިހާކަމެއް ޝަޢުބާންމަހު 29 ވަނަ ދުވަހުގެ ކުރިން ނުވަތަ މާހިފުން ދުވަހުގެ ކުރިން ނިންމާނެއެވެ. މާހިފުން ދުވަހޭ ކިޔަނީ ފުވައްމުލަކު މީހުން ކަމަށްވެއެވެ. އެބަސް ރާއްޖޭގެ އެހެން ތަން ތަނުގައި ކިޔަނީ”މާހެފުން” ކަމަށް ބުނެވެއެވެ.

މާހިފުން ދުވަހު ރަށުގެ ކުދިބޮޑު ޒުވާން މުސްކުޅި އެންމެން މާހިފުން ދުއްވަން މޫދަށް ދާނެއެވެ. ބޮޑެތި ފިރިހެނުން ދަނީ މެންދުރު ކެއުމަށްފަހު ރާޅާއެޅުމަށް ކޮންމެ މީހަކު ލަކުޑިފިލައެއް ހިފައިގެންނެވެ. އަންހެނުން މޫދަށް ދަނީ އަނބު މަސާލަ ކަހަލަ ކާތަކެތިވެސް ހިފައިގެންނެވެ. އެއީ މޫދުގައި ތިބެފައި އެރުމަށްފަހު ކާލާށެވެ.

ޒަމާން ބަދަލުވެ މިވަނީ މާހެފުން ވެސް ބޮޑެތި ކެއުންތްކުގެ ހަފުލާތަކަކަށް ބަދަލުވެފައެވެ. ނަމުގައި ކޮފީ އެއް ބޯން ގޮސްފައި ކާ ފަދައިން މާހަފަން ގޮސްފައި ވެސް ނިންމާލަނީ ބޮޑެތި ކެއުންތަކެވެ. ފެނިގެންދަނީ ރަށުގެ ހުރިހާ ރައްޔިތުން އެކުވެ ކުރަމުންއައި ކަންތައް ބައިގަނޑު ބައިގަނޑަށް ކުރާ މަންޒަރެވެ.

ޚިޔާލު ފާޅުކުރައްވާ