Follow us on
އޮރެންޖް މާރޓް – މުޅިން ތަފާތު މާރޓެއް!
| އަޙުމަދު އަނަސް

އަލިކިލޭގެފާނު މަގުގައި ރޭ މުޅިން އާ މާޓެއް ހުޅުވައިފިއެވެ. މި މާޓުގެ ނަމަކީ އޮރެންޖު މާޓެވެ. “އޮރެންޖް މާރޓް” ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިންފްރާންސްޓަރަކްޗަރ މުޙައްމަދު އަސްލަމްއެވެ. މި ފިހާރަ ހުޅުވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތަކަށްފަހުގައެވެ. ގިނަ އަދަދެއްގެ ބަޔަކު މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ. މިރަސްމިއްޔާތަށްފަހު އޮރެންޖް މާރޓްގެ ވިޔަފާރި ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

އޮރެންޖް މާޓު ފިހާރައަކީ އެއް ތަނަކުން ގިނަ އެއްޗެހި ގަންނަން ބޭނުން ނަމަ ޒިޔާރަތްކޮށްލައްވަން ރަނގަޅު ތަނެކެވެ. މިފިހާރައަކީ އާންމުގޮތެއްގައި ގޭތެރެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ފިހާރައެއްކަމަށާއި ފިހާރައިގެ ދެވަނަ ފްލޯރގައި ކޮސްމެޓިކްސްގެ ބާވަތްތައްވެސް ލިބެން ހުންނާނެކަމަށް އޮރެންޖް މާރޓްގެ އޮފިޝަލަކުވަނީ ފާނޫޒަށް މަޢުލޫމާތު ދީފައެވެ. އަދި މީގެ އިތުރުންވެސް ތަފާތު ބާވަތްތަކުގެ މުދާ މިފިހާރައިން ލިބެން ހުންނާނެކަމަށް އޮފިޝަލް ހާމަކުރެއްވިއެވެ.

އޮރެންޖު މާޓުން ވިޔާފާރި ކުރި ކަސްޓަމަރަކާވެސް ފާނޫޒުން ސުވާލުކޮށްލީމެވެ. އޭނާ ބުނީ…

[su_quote]ރޯދަ ވިއްލަން އެއްޗެހި ތައްޔާރުކުރާނެ އެއްޗެހި ގަންނަން މި ފިހާރައަށް މި އައީ. އާ ތަނެއް ވީމަ ގޮތް ބަލާލަން އަސްލު. ވަރަށް ސަޅި ހަމަ. ބޭނުންވި ހުރިހާ އެއްޗެއް ލިބުން. މިތާ ތިބޭ ކުދިންވެސް ވަރަށް ރަނގަޅު…[/su_quote]

“އޮރެންޖް މާރޓް” އިން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ