Follow us on
ރޯދަ މަހާއެކު ދިވެހިން ޓިކްޓޮކާއި ދުރަށް؟!
| އަޙުމަދު އަނަސް

މުޅި ފޭސްބުކު ތެރޭގައިވެސް އޭރު އޮންނަނީ ޓިކްޓޮކް ވީޑިޔޯތަކެވެ. ބައެއް ވީޑިޔޯތައް ބަލާފައި ލަދުން ހަލާކުވާވަރު ވެއެވެ. ކުލާހަށް ކިޔަވައިދޭންދާ މުދައްރިސުވެސް، ކަންމަތީ ފިހާރައިގައި ސޭޓަކަށް އިންނަ ކުއްޖާވެސް ނުވިތާކަށް ކުރިމަތިހުރި ކަތްދަ ގޯތީ ސުނޭހާވެސް މިއުޅެނީ ޓިކްޓޮކޭ މިކިޔާ އެއްޗަކުން ސަލާމަތްނުވެވިގެނެވެ. ދުވާލު ގިނަ ވަގުތުތަކެއް ހޭދަކުރަނީ ފޯނު ކުރިމަތީގައި މި ވައްތަރުތައް ޖެއްްސުމަށެވެ.

ޓިކްޓޮކަކީ އެކްޓް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި ޓިކްޓޮކް އާއްމު ވެގެން ދިޔައީ އެހެން ކަމެއްގައެވެ. އެއީ އެކްޓް ކުރަނީ ކަމަށްބުނެ، އަންހެންވެރިން އެކަނބަލުންގެ ވަނާތައް ދައްކާ، ބައްދަ ބަގުޑިލާ ނުވިތާކަށް ޖެއްސުނު ވައްތަރެއް ޖައްސާ އެއްޗެއްގެ ގޮތުގައެވެ. އެހެނަސް މި ރަމަޟާންމަސް ފެށުމާއެކު މީސްމީޑިޔާ ތެރެއިން ޓީކްޓޮކް ވީޑިޔޯތައް މިވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ޓިކްޓޮކް ވީޑިޔޯ މަދުވެފައި މިވަނީ ޓިކްޓޮކްގައި އުޅޭ ކުދިން ރޯދަ އާއެކު އަޅުކަމުގައި އުޅޭތީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ އެމީހުންގެ އޯޑިއެންސް، އަޅުކަމައިގެ މަސްޢޫލުވެ ޓިކްޓޮކް ކުދިން ބޭނުންވާ ވަރަށ ސަޕޯޓް ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ.

ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ބައެއް ޕޭޖުތަކަށް ބަލައިލީމެވެ. އެހެނަސް މި ރޯދަމަސް ފެށުނުފަހުން އެ ޕޭޖުތައްވެސް މާބޮޑަށް އަޕްޑޭޓުވެފައެއް ނުވެއެވެ. އަދި ލާފަ ހުރި ވީޑިޔޯއަކަށް މާ ގިން ލައިކެއްވެސް ލިބިފައެއް ނުވެއެވެ.

ކަންކަން މިހެން ހުރުމާއެކު މި އެނގެނީ ރަމަޟާން މަހާއެކު ދިވެހިން ޓިކްޓިކާއި ދުރުވެއްޖެ ކަމެވެ. ރޯދަ މަސް ނިމުމުންވެސް ޓިކްޓޮކަށް އޮންނަ ތަރުޙީބު އިތުރު ނުވުމަކީ ގިނަ ބަޔަކު އެދޭ އެދުމެކެވެ.

ޚިޔާލު ފާޅުކުރައްވާ