Follow us on
ފާނޫޒު ބަދިގެ: މެންގޯ މިލްކްޝޭކް
| އައިމިނަތު

ބޭނުންވާ ތަކެތި
* 2 ޖޯޑު ދޮން އަނބު
* 1/2 ޖޯޑު ފުލް ކުރީމް މިލްކް
* ހަކުރު
* 1 ޖޯޑު ފެން
* ވެނީލާ އައިސް ކްރީމް

ތައްޔާރު ކުރާނެ ގޮތް
އަނބު ކޮޅު ކިޔުބްކޮށް ކޮށާލާފައި އެއް ގަޑިއިރު ވަންދެން ފްރިޖުގައި ބަހަށްޓާލާށެވެ. ދެން ބްލެންޑަރަށް އަނބު ކޮޅާއި ކިރު، ހަކުރު އަދި ފެން އަޅާފައި ރަނގަޅަށް ބްލެންޑް ކޮއްލާށެވެ. އެއަށްފަހު ފިނި ކޮށްލާފައި އައިސް ކްރީމް އަޅާށެވެ. އޭރުން އެއީ މިލްކްޝޭކް ތައްޔާރު ކުރެވުނީއެވެ.

ޚިޔާލު ފާޅުކުރައްވާ