Follow us on
ފާނޫޒު ބަދިގެ: ގެރިކިރު ބޯކިބާ
| އައިމިނަތު

ބޭނުންވާ ތަކެތި
* 1 ދަޅު ގެރިކިރު
* 4 ބިސް
* 1 ޖޯޑު ފުށް
* 2 ސައި ސަމުސާ ބޭކިން ޕައުޑަރ
* 1/4 ޖޯޑު ބަޓަރ
* 1 ސައި ސަމުސާ އެސެންސު

ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ އަވަން 350 ޑިގްރީ އަށް ހޫނު ކޮށްލާށެވެ. އެއަށްފަހު ބަޓަރު ކޮޅާއި ބިސް ރަނގަޅަށް ގިރާލާށެވެ. ބަޓަރު ކޮޅާއި ބިސް ރަނގަޅަށް މިކްސް ވުމުން ބާކީ ހުރި ތަކެތި އަޅާފައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ހުރިހާ ތަކެތި ރަނގަޅަށް މިކްސް ވުމުން ޓްރޭގައި ބަޓަރު ކޮޅެއް ހާކާލާފައި 20 މިނެޓް ވަންދެން އަވަނުގައި ފިހެލާށެވެ. ރަނގަޅަށް ފިހުމުން ގެރިކިރު ބޯކިބާ އެހެރީ ތައްޔާރު ވެފައެވެ.

ޚިޔާލު ފާޅުކުރައްވާ