Follow us on
ފާނޫޒު ބަދިގެ: ކަނޑު ކުކުޅު
| އައިމިނަތު

ބޭނުންވާ ތަކެތި
* ކަނޑު މަސް
* ރާނބާ ފަތް
* ހިކަނދި ފަތް
* 1 ޖޯޑު ބޯ ކިރު
* 1 ޖޯޑު ފެން ކިރު
* 1/2 ޖޯޑު ފިޔާ
* ދިވެހި ހަވާދު
* ލޮނު

މަސް ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ މަސް 1 ސެންޓިމީޓަރ ތުނިކޮށް ހަތަރެސްކަން ބަށްޓަމަށް ކޮށާލާށެވެ. އެއަށްފަހު 1/4 ސައިސަމުސާ ހަވާދު މަސް ކޮޅުގައި ހާކާލާށެވެ. އަދި މަސް ކޮޅު އޮޅާލާފައި ރާނބާ ފަތުން އައްސާލައި ގޮށެއް ޖަހާލާށެވެ. މިގޮތަށް ހުރިހާ މަސްކޮޅެއްގައި ވެސް ހަވާދު ލާފައި އޮޅާލާށެވެ.

ރިހަ ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ 1 ޖޯޑު ފެން ކިރު އަދި 1/2 ޖޯޑު ބޯކިރު އަދި ހަވާދު އެއްކޮށްލާށެވެ. އެއަށްފަހު ކަށްކަން އުދާށެވެ. ރިހަގަނޑު ރަނގަޅަށް ކެކެން ފެށުމުން ފިޔާ އަދި ލޮނު އަޅާފައި 2 މިނިޓް ކައްކާލާށެވެ. އެއަށްފަހު މަސްކޮޅާއި ބާކީ ހުރި ފެންކިރު ފޮދު އަޅާފައި މަސްކޮޅު ރަނގަޅަށް ރޯފިލަންދެން ކައްކާލާށެވެ. މަސް ކޮޅު ރަނގަޅަށް ރޯފިލުމުން އެހުރީ ކަނޑު ކުކުޅު ތައްޔާރު ވެފައެވެ.

ޚިޔާލު ފާޅުކުރައްވާ