Follow us on
ފާނޫޒު ބަދިގެ: ލާމު ގޮޅަ ރިހަ
| އައިމިނަތު

ގުޅަ ތައްޔާރުކުރާނެ ގޮތް
ބޭނުންވާ ތަކެތި

  • 1/2 ޖޯޑު ފިޔާ
  • 2 ލޮނުމެދު
  • 1/4 ސައި ސަމުސާ އިނގުރު
  • 4 ހިކަނދި ފަތް
  • އަސޭ މިރުސް
  • ދިރި
  • 3 މޭޒު މަތީ ސަމުސާ ކާށި ހުނި
  • 1 ސައިސަމުސާ ގިތެޔޮ މިރުސް
  • ހިކިމިރުސް
  • ލޮނު
  • ފެން
  • 2 ޖޯޑު ފަރުމަސް (މުގުރާފަ)

ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ފިޔާ ކިއުބްކޮށް ކޮށާލާށެވެ. އެއަށްފަހު މަސްކޮޅު ފިޔަވާ ބާކީ ހުރިހަަ ތަކެތި މިކްސާރ އަށް އަޅާފައި ހިމުން ކޮށްލާށެވެ. އެއަށްފަހު ބޮޑު ތަށްޓެއްގައި މުގުރާފައި ހުރި މަސް ކޮޅާއި ތައްޔާރުކުރި ޕޭސްޓް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އެ މަސް ގަނޑުން ކުދި ކުދި ގުޅަ ހަދާލާށެވެ.

ރިހަ ތައްޔާރުކުރާނެ ގޮތް
ބޭނުންވާ ތަކެތި

  • 1/4 ޖޯޑު ފިޔާ
  • ހިކަނދި ފަތް
  • ރާނބާ ފަތް
  • ގިތެޔޮ މިރުސް
  • 11/2 ޖޯޑު ފެން ކިރު
  • 1/2 ޖޯޑު ބޯ ކިރު
  • ތެޔޮ
  • ލޮނު
  • ދިވެހި ހަވާދު

ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ފިޔާ އަދި ލޮނުމެދު ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު ތެއްޔަކަށް ތެޔޮ ފޮދެއް އަޅާފައި އުނދުން މައްޗަށް އުދާށެވެ. ތެޔޮ ފޮދު ހޫނު ވުމުން ފިޔާ، ލޮނުމެދު، ހިކަނދި ފަތް އަދި ރާނބާ ފަތް އަޅާށެވެ. ފިޔާ ކޮޅު ރަތް ވުމުން ހަވާދު ކޮޅާއި ފެން ކިރު ފޮދު އަޅައިލާށެވެ. ރިހަގަނޑު ރަނގަޅަށް ކެކިގަތުމުން ގުޅަ ކޮޅު އަޅާފައި 15 މިނެޓް ވަންދެން ކަށްކައިލާށެވެ. އެއަށްފަހު ބޯ ކިރު ފޮދު އަޅާފައި 2-3 މިނެޓް ވަންދެން ކައްކާލުމުން ގުޅަ ރިހަ ތައްޔާރުވީއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ލާމު

    މީރުވާނެ