Follow us on
ފާނޫޒު ބަދިގެ: އަގްލިއޯ އޯލިއޯ
| އައިމިނަތު

ބޭނުންވާ ތަކެތި
* 1 ސްޕެގެޓީ ޕެކެޓު
* ލޮނު
* 1/3 ޖޯޑު ޒައިތޫނި ތެޔޮ
* ހިކި މިރުސް
* 1/2 ޖޯޑު ޕާސްލީ
* 2 ލޮނުމެދު ބޮނޑި
* އަސޭ މިރުސް

ތައްޔާރު ކުރާނެ ގޮތް
އުނދުނަށް ފެން ތެއްޔެއް އުދުމަށް ފަހު ލޮނާއި ތެޔޮ އަޅާފައި ފެންގަނޑު ކެކިގަތުމުން ސްޕެގެޓީ ކޮޅު އަޅާލާފައި ސްޕެގެޓީ ކޮޅު މަޑު ވަންދެން ކައްކާލާށެވެ.

ދެން ލޮނުމެދު ކޮޅު ތުނިކޮށް ކޮށާލާށެވެ. އަދި ހިކިމިރުސް ކޮޅާއި ޕާސްލީ ކޮޅު ކުދި ކުދިި ކޮށް ކޮށާލާށެވެ. އެއަށްފަހު ތެއްޔަކަށް ތެޔޮފޮދެއް އަޅާފައި އުނދުން މައްޗަށް އުދާށެވެ. ތެޔޮފޮދު ހޫނު ވުމުން ލޮނުމެދު ކޮޅު އަޅާފައި ލޮނުމެދު ކޮޅު ރޯފިލަންދެން ފްރައީ ކޮށްލާށެވެ. އެއަށްފަހު ހިކިމިރުސް ކޮޅާއި ލޮނު އަދި އަސޭމިރުސް އަޅާފައި 1 މިނެޓް ވަންދެން ފްރައި ކޮށްލާށެވެ. އެއަށްފަހު ސްޕެގެޓީ ކޮޅާއި ޕާރސްލީ ކޮޅާއި އެއް ކޮށްލާށެވެ. އޭރުން އެހުރީ އަގްލިއޯ އޯލިއޯ ތައްޔާރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ