Follow us on
ފާނޫޒު ބަދިގެ: ޗޮކްލެޓް ކޭކް
| އައިމިނަތު

ބޭނުންވާ ތަކެތި

  • 225 ގްރާމް ފުށް
  • 325 ގްރާމް ހަކުރު
  • 85 ގްރާމް ކޮކޯ ޕައުޑަރ
  • 11/2 ސައި ސަމުސާ ބޭކިން ޕައުޑަރ
  • 1/2 ސައި ސަމުސާ ބޭކިން ސޮޑާ
  • 2 ބިސް
  • 250 މިލިލިޓާރ ކިރު
  • 125 މިލިލިޓާރ ތެޔޮ
  • 2 ސައި ސަމުސާ ވެނީލާ އެސެންސް
  • 250 މިލިލިޓާރ ތާފަނާ ފެން

ތައްޔާތު ކުރާނެ ގޮތް
އެންމެ ފުރަތަމަ އަވަން 180 ޑިގްރީ ސެލްސިއަސް އަށް ހޫނު ކޮށްލާށެވެ.

ކޭކު ތައްޔާރު ކުރުމަށް ތާފަނާ ފެން ފިޔަވާ އެހެން ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު ފެން ފޮދު އަޅާލާފައި ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު ޓްރޭ އަކަށް އަޅާފައި 35 މިނެޓް ވަންދެން އަަވަނުގައި ރަނގަޅަށް ފިހެލާށެވެ. އޭރުން އެހުރީ ޗޮކޮލެޓް ކޭކު ތައްޔާރު ވެފައެވެ.

ޚިޔާލު ފާޅުކުރައްވާ