Follow us on
ފާނޫޒު ބަދިގެ: ގުލާބު ޖާމުން
| އައިމިނަތު

ބޭނުންވާ ތަކެތި

  • 1 ޖޯޑު ހިކި ކިރު
  • 3 މޭޒު މަތީ ސަމުސާ ފުށް
  • 2 މޭޒު މަތީ ސަމުސާ ބަޓަރު (މެލްޓް ކޮށްފަ)
  • 1/2 ސައި ސަމުސާ ބޭކިން ޕައުޑަރ
  • 1/2 ޖޯޑު ކިރު
  • ކާފޫރު ތޮޅި(މުގުރާފަ)
  • 11/4 ޖޯޑު ހަކުރު
  • ފެން
  • ފޮނި ތޮށި
  • ރާނބާ ފަތް

ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ހިކި ކިރާއި ފުށާއި ބޭކިން ޕައުޑާރ ކިރު އަދި ބަޓަރު އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން 20 މިނެޓް ވަންދެން ކަވާރ ކޮށްފައި ބައިންދާށެވެ.

ސިރަޕް ތައްޔާރު ކުރުމަށް ފެނާއި، ހަކުރު، ފޮނި ތޮށި އަދި ކާފޫރު ތޮޅި އަޅާފައި ބޮކި އަރަންދެން ކަށްކާލާށެވެ. އެއަށްފަހު ސިރަޕް ހިހޫ ކުރުމަށް ބަހަށްޓާށެވެ.

ދެން ފުށް ގަނޑުން ކުދި ކުދި ގުޅަ ހަދާށެވެ. އެއަށްފަހު މުށިކުލަ އަރަންދެން ތެލުލާށެވެ. ތެލުލާ ނިމުމުން ގުލާބުޖާމުންތަށް ސިރަޕް ތެރެއަށްލައި ފޯކޮށްލާށެވެ. އަދި ފްރިޖަށް ލައި ފިނި ކުރުމުން އެހެރީ ގުލާބް ޖާމުން ތައްޔާރުވެފައެވެ.

 

ޚިޔާލު ފާޅުކުރައްވާ