Follow us on
ފާނޫޒު ބަދިގެ: މިންޓް ޗަޓްނީ
| އައިމިނަތު

ބޭނުންވާ ތަކެތި

  • 1/3 ޖޯޑު ކޮރިއަންޑާ ފަތް
  • 11/2 ޖޯޑު ކުދީނާ ފަތް
  • 1 ފެހި ގިތެޔޮ މިރުސް
  • 1/2 ސައި ސަމުސާ ލޮނު
  • 1 ފިޔާ
  • 1 ސައިސަމުސާ ލުނބޯ ޖޫސް
  • 1/4 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

ފޫޑް ޕްރޮސެސާ އަށް ހުރިހާ ތަކެތި އަޅާފައި ރީތިކޮށް ތުނި ވަންދެން މިކްސް ކޮށްލާށެވެ. އޭރުން އެހުރީ މިންޓް ޗަޓްނީ ތައްޔާރު ވެފައެވެ.

ޚިޔާލު ފާޅުކުރައްވާ