Follow us on
ފާނޫޒު ބަދިގެ: ޗޮކްލެޓް މޫސް
| އައިމިނަތު

ބޭނުންވާ ތަކެތި
* 4 ކުކުޅު ބިހުގެ ދޮންގަނޑު
* 1/4 ޖޯޑު ހަކުރު
* 21/2 ޖޯޑު ވިޕް ކްރީމް
* 1 ޖޯޑު ޗޮކަލެޓް ކުދިކޮށް ކޮށާފަ

ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ބިހުގެ ދޮންގަނޑު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ހަކުރު ކޮޅު އަޅާފައި ހަކުރު ކޮޅު ދިޔާވަންދެން ގިރާލާށެވެ.

އެއަށްފަހު 1 ޖޯޑު ވިޕް ކްރީމް ތެއްޔަކަށް އަޅާފައި މަޑު ގިނީގައި ހޫނު ވަންދެން ކަށްކާލާށެވެ. އަދި ކުރިން ގިރާލި ބިސް ކޮޅާއި އެއްކޮށްލާށެވެ. އެއަށްފަހު ޗޮކްލެޓަ ކޮޅު އަޅާފައި ޗޮކްލެޓް ކޮޅު ވިރެންދެން ހަލުވާލާށެވެ. ދެން ހިހޫ ވުމުން އައިސް އަލަމާރި އަށް ލާފައި 2 ގަޑިއިރު ވަންދެން ފިނި ކޮށްލާށެވެ.

ދެން 11/2 ޖޯޑު ވިޕް ކުރީމް ފިނި ކޮށްލުމަށްފަހު ވިޕް ވަންދެން ގިރާލާށެވެ. އެއަށްފަހު ކުރިން ތައްޔާރުކުރި ޗޮކްލެޓް ކޮޅާއި އެއްކޮށްލާށެވެ. އަދި ފިނި ކޮށްލުމުން އެއީ ޗޮކްލެޓް މޫސް ތައްޔާރުކުރެވުނީއެވެ.

ޚިޔާލު ފާޅުކުރައްވާ