Follow us on
ފާނޫޒު ބަދިގެ: ބަޓާރ ކޭކް
| އައިމިނަތު

ބޭނުންވާ ތަކެތި
* 250 ގްރާމް ބަޓާރ
* 1 ޖޯޑު ހަކުރު
* 2 ސައިސަމުސާ އެސެންސް
* 3 ބިސް
* 21/2 ޖޯޑު ފުށް
* 2/3 ޖޯޑު ކިރު
* 1 ސައިސަމުސާ ބޭކިން ޕައުޑާރ
* 1 ސައިސަމުސާ ބޭކިން ސޮޑާ

ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ އަވަން 180 ޑިގްރީ ސެލްސިއަސް ހޫނު ކޮށްލާށެވެ.

އެއަށްފަހު ބަޓަރާއި ހަކުރު އަދި ވެނީލާ އެސެންންސް ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ބިސް ކޮޅު އަޅާފައި ގިރާލާށެވެ. އެއަށްފަހު ފުށާއި ބޭކިން ޕައުޑާރ އަދި ބޭކިން ސޮޑާ އަދި ކިރު ކޮޅު އަޅާފައި ރަނގަޅަށް މިކްސް ވުމުން ޓްރޭ އަށް އަޅާފައި 1 ގަޑިއިރު ވަންދެން ފިހެލާށެވެ. ފިހެ ނިމުމުން އެހުރީ ބަޓާރ ކޭކް ތައްޔާރު ވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ