Follow us on
ފާނޫޒު ބަދިގެ: ޕާން ބޯކިބާ
| އައިމިނަތު

ބޭނުންވާ ތަކެތި

  • ޕާން
  • 11/3 ޖޯޑު ގެރިކިރު
  • 2 ބިސް
  • 1 ޖޯޑުފެން
  • 1 ސައި ސަމުސާ ވެނީލާ އެސެންސް
  • 1 ސައިސަމުސާ ބަޓަރު
  • 1 ސައިސަމުސާ ހަކުރު

ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ޕާން ކޮޅު ފެން އެއްޗަކަށް ލާފައި 15 މިނެޓް ބަހައްޓާށެވެ. އެއަށްފަހު ބިހާއި ހަކުރާއި ގެރިކިރާއި އެސެންސް އަދި ބަޓަރ އެއްކޮށްލާށެވެ. އެއަށްފަހު ޕާންކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭ އަކަށް އަޅާފައި އަވަނުގައި 45 މިނެޓް ވަންދެން 180 ޑިގްރީ ސެލްސިއަސްއަށް ފިހެލާށެވެ. ރަނގަޅަށް ފިހުމުން ޕާން ބޯކިބާ އެހުރީ ތައްޔާރު ވެފައެވެ.

ޚިޔާލު ފާޅުކުރައްވާ