Follow us on
ޕަބުޖީ އާއި ޝައިތާނާގެ ހުރި ތަފާތަކީ ކޮބާހެއްޔެވެ؟
| ޒިދާން މުޙައްމަދު

ޕަބްޖީއަކީ ހަނގުރާމަތީ ސްޓައިލަކަށް ދާ ވީޑިއޯ ގޭމެކެވެ. ބައެއް ފަހަރު މިގޭމުގެ އެންމެ ގަނޑެއް ޖަހާލުމަށް އެއް ގަޑިއިރު ނުވަތަ ދެ ގަޑިއިރެއް ހާއިރު އެބަ ހޭދަވެއެވެ. މިފަދައިން ޕަބްޖީގައި ވަގުތުތައް ބޭކާރުކޮށްލާއިރު ވެވޭ ވަރަށް ބޮޑު އިހްމާލެއް އެބައޮވެއެވެ.  އެއިޙްމާލަކީ ކޮބާހެއްޔެވެ؟ ރަނގަޅެވެ. ނަމާދު އެޅުމެވެ.

އާދޭހެވެ. އެއީ ބަންގީގެ ވަގުތުގައި ބަންގީގެ އަޑުން މުޅި ތަން ގުގުމާލައިރު، ކަންފަތައް ހެޑްސެޓް ޖަހައިގެން ނުވަތަ “حي على الصلاة  (ނަމާދަށް އަވަހަށް އަންނާށެވެ)” ގޮވަގޮވާ އޮއްވާ އެގޮވެއްޔަށް ބީރުކަންފަތެއް ދެވުމެވެ. “حي على الفلاح  (ފަލާހާއި ކާމިޔާބީއަަށް އެދޭނަމަ އަންނާށެވެ)” މިގޮވުމަށް އިޖާބަނުދެވުމެވެ. ކީއްވެބާއެވެ؟ އެއްކަލަ ޕަބްޖީގެ އަވައިގައި ޖެހިގެންނެވެ. ނުވަތަ ކުޅެން އިން މެޗު ޑިޗްކޮށްލާފައި ދާން ބޭނުން ނުވީތީއެވެ. ނަމާދުގެ މައްޗަށް ޕަބުޖީ އިސްކުރީތީއެވެ.

ދަންނާށެވެ. ނަމާދަކީ މާތްވެގެންވާ އިސްލާމްދީނުގެ މައި ތަނބުކަން ހަނދާން ކުރާށެވެ. ކާމިޔާބާއި ނަސީބު ލިބިގެންވަނީ އޭރުންނެވެ. ނަމާދަކީ އޭގެ ވަގުތުގައި ކުރުން މޮޅުއިތުރުވެގެންވާ އަޅުކަމެކެވެ. އަދި ޝަރުއީ އުޒުރެއް ނެތި (ނިދުމާއި، ހަނދާން) ނެތުން ފިޔަވައި ގަސްތުގައި ނަމާދު އަޅައިފިނަމަ އެމީހަކު ދީނުގެ ތަނބު މުގުރާލައިފިއެވެ. މިއަަށްވުރެ ވަކި ނުބައި ކަމެއް ކުރެވޭނެތޯއެވެ؟

ދީނުގެ ތަނބު މުގުރާލުމަށް ނުވަތަ އެމީހަކު ނަމާދު އެޅުމަށް ވާގިވެރިވާނީ ނުބައިވެގެންވާ ޝައިތާނާއެވެ. އެޝައިތާނާއަށް މިކަމުގައި އެހީތެރިވާނެ އަދި ވާގިވެރިވާނެ އެޖެންޓަކަށް މިއަދު ޕަބުޖީވެސް އެވަނީ ވެފައެވެ. ކަން މިހެން ވުމާއެކު ޝައިތާނާއާ ޕަބުޖީއާ ހުރި ތަފާތަކީ ކޮބާހެއްޔެވެ؟

ޚިޔާލު ފާޅުކުރައްވާ

 1. ނަން ހާމަކޮށްގެން ވާނެ ފައިދާއެއް ނެތް

  ޕަބުޖީ ކުޅޭ އެންމެން ތިގޮތަށް ޝާމިލް ކޮށް ލިޔުމެއް ހެދީތީ ދެރަވަން. ސަބަބަކީ ބައެއް މީހުން ތިގޭމް އަށް ދެވިހިފައިގެން އަބަދު ކުޅެން ތިއްބަސް ހަމައެކަނި ހުސްގަޑީގައި ފޫހި ފިުވާލުމަށް ތި ގޭމް ކުޅޭ މީހުން ވެސް އެބަ އުޅޭ. ވިސްނާލާ ހަމަ ތިމާ ކުޅޭ ގޭމް އަކަށް ނުވީތީ ތިފާޑަށް ލިޔުންތައް ތި ނެރެނީ. ކިހާ ނާއިންސާފު.

 2. އަހުމަދު

  އަޅުގަނޑުވެސް ތިގޭމް ކުޅުން އެކަމަކު އިރާދަ ކުރެއްވީތީ އެންމެ ނަމާދެއްވެސް ދޫކޮއްނުލަން.

 3. ނަމެއް ނުބުނެވޭނެ

  މިލިޔުން މީހަކު އެބަހުރި މި ގޭމް ވަރަށް ރަނގަަށް ކުޅެފަ. ނޫނީ ދިރާސާ ކޮށްފަ. ގަޑިއެއްހާއިރު ނޫނީ ދެގަޑި އިރު އޯ ކެކެކެެކެކެކެކެެކެ އެންޓް ކަމިންގ

 4. އަޙްމަދު

  ޒިދާން މުޙައްމަދު މިއަދު ކިތައް ފަހަރު ބަންގީގެ އަޑު އެހިންތޯ..
  ބަޔަކު ކަމެއް ކުރާތަން ފެނުނީމަ ހިތައް ކެތް ނުވީ ދޯ..
  ބަލަގަ އަހަރެމެން ޕަބްޖީ ކުޅެނީ ނަމާދުވެސް ކޮއްފައޭ..