Follow us on
ފާނޫޒު ބަދިގެ: ޑޯނަޓް
| އައިމިނަތު

ބޭނުންވާ ތަކެތި

 • 4 ޖޯޑު ފުށް
 • 2 ސައިސަމުސާ ބޭކިން ޕައުޑަރ
 • 2 ބިސް
 • 2/3 ޖޯޑު ކިރު
 • ލޮނު
 • 11/4 ޖޯޑު ހަކުރު
 • 1 ސައި ސަަމުސާ ވެނީލާ އެސެންސް
 • 1/4 ޖޯޑު ބަޓަރ
 • ތެޔޮ

ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ފުށާއި ބޭކިން ޕައުޑަރ އަދި ލޮނު އެއްކޮށްލާށެވެ. އެއަށްފަހު ބިހާއި ހަކުރު އަދި ވެނީލާ އެސެންްސް އެއްކޮށްލާށެވެ. އެއަށްފަހު ބަޓަރު ކޮޅު މެލްޓް ކޮށްލާފައި ހުރިހާ ތަކެތި އެއްކޮށް މޮޑެލާށެވެ. ދެން 2 ގަޑިއިރު ވަންދެން ފުށްގަނޑު ކަވާރ ކޮށްފައި ބަހައްޓާށެވެ. އެއަށްފަހު ޑޯނަޓް ބަށްޓަމަށް ހަދާފައި ތެލުލާށެވެ. އޭރުން އެހުރީ ޑޯނަޓް ތައްޔާރު ވެފަ އެވެ. ބޭނުންފުޅުވާނަމަ ޑޯނަޓުގެ މައްޗަށް ޗޮކްލެޓް ނުވަތަ ސްޕްރިންކަލްސް ފަދަ އެއްޗެއް އެޅިދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

 1. އިނބްލީސް

  އެންމެ ޑޯނަތެއް ހަދަން ކީއްކުރާ ހަތަރު ޖޯޑު ފުށެއް؟؟؟