Follow us on
ފާނޫޒު ބަދިގެ: ފަލޫދާ
| އައިމިނަތު

ބޭނުންވާ ތަކެތި

  • 400 މިލިލިޓާ ކިރު
  • 3 ސައިސަމުސާ ހަކުރު
  • 11/2 ސައިސަމުސާ އިސްޕަގުލް
  • 2 ސައިސަމުސާ ޖެލީ
  • 2 ސައިސަމުސާ ރޯސްސިރަޕް
  • 4 ސްކޫޕް އައިސް ކްރީމް

ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ކިރާއި ހަކުރު އަދި ރޯސް ސިރަޕް ގިރާލާށެވެެ. އަދި އިސްޕަގުލް ކޮޅު ފެނަށް އަޅާފައި 5 މިނެޓް ބަހައްޓާށެވެ. އަދި ޖެލީ ކޮޅު ކުދި ކުދިކޮށް ކޮށާލާށެވެ. އަދި ރޯސް ސިރަޕް ކޮޅާއި ޖެލީ ކޮޅާއި އިސްޕަގުލް ކޮޅު އައިސްކްރީމް އެއްކޮށްލާށެވެ. އޭރުން އެހުރީ ފަލޫދާ ތައްޔާރު ވެފައެވެ.

ޚިޔާލު ފާޅުކުރައްވާ