Follow us on
ފާނޫޒު ބަދިގެ: ގްރީން ސެލެޑް
| އައިމިނަތު

ބޭނުންވާ ތަކެތި

 • 1/2 ފިޔާ
 • 1/2 ޖޯޑު ގްރީން ބެލްޕެޕާރ
 • 1/2 ޖޯޑު ކިޔުކަމްބަރ
 • 1/2 ޖޯޑު ކިއުކަމްބަރ
 • 1/2 ޖޯޑު ޓޮމާޓޯ
 • 1/2 ޖޯޑު ލެޓިއުސް
 • 1 ސައި ސަމުސާ ޕާރސްލޭ
 • 4 ސައިސަމުސާ އޮލިވް އޮއިލް
 • 1 ސައިސަމުސާ އެޕަލް ސިޑާރ ވިނެގަރ
 • 1 ސައިސަމުސާ މަސްޓާރޑް
 • 1/2 ސައިސަމުސާ ލޮނު
 • 1/2 ސައިސަމުސާ އަސޭމިރުސް
 • 1 ސައިސަމުސާ ލުނބޯ ހުތް

ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ފިޔާ، ބެލް ޕެޕަރ، ޓޮމާޓޯ، ކިއުކަމްބާރ، އަދި ލެތިއުސް، ކިއުބްކޮށް ކޮށާލާށެވެ. އެއަށްފަހު ޕާރސްލޭ ކޮޅު ކުދިކޮށް ކޮށައިލާށެވެ. އެއަށްފަހު ތަރުކާރީ ކޮޅަށް އޮލިވް އޮއިލް، ވިނެގަރ، މަސްޓާރޑް، ލޮނު، އަސޭމިރުސް އަދި ލުނބޯ ހުތް އަޅައި އެއްކޮށްލާށެވެ. އޭރުން އެހުރީ ގްރީން ސެލެޑް ތައްޔާރުކުރެވިފައެވެ.

ޚިޔާލު ފާޅުކުރައްވާ