Follow us on
ރީތި ޢީދު ތަޙުނިޔާ ޕޯސްޓަރެއް ހެދުމަށް ދެކެމުން އަންނަ ހުވަފެން ޙަޤީޤަތަކަށް ހަދައިދެނީ!
| އަޙުމަދު އަނަސް

އީދު އެޔޮއް ލައިގަންނަނީއެވެ. އެއާއެކު މީސްމީޑިޔާގައި ޢީދުގެ ޕޯސްޓަރުތައް ދައުވާން ފަށައެވެ. ނަމަވެސް އާއްމުކޮށް މީސްމީޑިޔާގައި ދައުރުވަނީ އެއް ވައްތަރެއްގެ ޕޯސްޓަރު ތަކެވެ. ތިމާގެ އަމިއްލަ ޕޯސްޓަރެއް ނުވަތަ އަމިއްލަ ޑިޒައިނެއްގެ ޕޯސްޓަރެއް ހަދާލަން ކިތަންމެ ބޭނުންވި ނަމަވެސް އެކަމުގެ ފަންނެއް ކޮންމެ ކޮންމެ މީހެއްގައިގައެއް ނުހެއެވެ.

“ތްރީ ބައި 3” ކިޔާ ޒުވާން ޓީމަކުން މިއަދު އެ ނުކުތީ، ރީތި ތަޙުނިޔާ ޕޯސްޓަރެއް ހެދުމަށް ގިނަ ބަޔަކު ދެކެމުން އަންނަ ހުވަފެން ޙަޤީޤަތަކަށް ހެދުމަށެވެ.

މީގެ ކުރިންވެސް ގްރެފިކްސްގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުން އަންނަ “ތްރީ ބައި 3” ޓީމް އިން ބުނެފައިވަނީ މި ޢީދާ ދިމާކޮށް މީސްމީޑިޔާގައި ބޭނުން ކުރުމަށް ޚާއްސަ ޕޯސްޓަރުތަކެއް “ތްރީ ބައި 3” ޓީމުން ހަދައިދިނުމަށް ނިންމާފައިވާ ކަމަށާއި، މިކަމަށް ޚާއްސަ ޕެކޭޖެއް އެކުލަވާލާފައިވާ ކަމަށެވެ.

“އާއްމު ފަރުދެއްނަމަ 200 ރުފިޔާއަށް އީދުގެ ޕޯސްޓަރެއް މިހަދައިދެނީ. ކުންފުނިތަކަށްވެސް އެބަ އޮތް ޕެޖޭކެއް. އެއީ 350 ރުފިޔާ.” “ތްރީ ބައި 3” ގެ އޮފިޝަލަކު ބުންޏެވެ.

“ތްރީ ބައި 3” އަކީ މިހާރު ރާއްޖޭގައި އެންމެ ނަން ހިނގާ ގްރެފިކް ޑިޒައިނަރުން ހިމެނޭ ޓީމެކެވެ. އަދި “ތްރީ ބައި 3” ފާހަގަވެފައިވަނީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ވެބްސައިޓް ހަދާދޭ ބައެއްގެ ގޮތުގައެވެ.

ޕޯސްޓަރު ޑިޒައިން ކުރުމަށް ނުވަތަ ވެބްސައިޓް ޑިޒައިންކޮށްލުމަށް، “ތްރީ ބައި 3″ގެ ފޭސްބުކް ޕޭޖަށް މެސެޖެއް ކުރައްވާށެވެ. މެޖެސް ކުރެއްވުމަށް މިލިންކަށް ފިއްތަވާލައްށެވެ. ނުވަތަ “ތްރީ ބައި 3” ގެ ވައިބަރ ނަންބަރު 9917874 ކަށް ގުޅުއްވާށެވެ.

ޚިޔާލު ފާޅުކުރައްވާ