Follow us on
ގަދަ ވަޔާ ވިއްސާރައިގައިވެސް މުކުރިމަގު ޒުވާނުން އެހީވުމުގައި!
| ފާނޫޒް.ކޮމް

ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގަ އެންމެ ބޮޑަށް ގެއްލުންލިބުނު އެއް އަތޮޅަކީ ލާމު އަތޮޅެވެ. ލާމު ގަމު މުކުރިމަގުގެވެސް ބައެއް ގޭގެއަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފައެވެ. ފެންވަދެފައިވާ ގެތަކަށަށް އެހީތެރިކަން ފޯރުކޮށްދެން ސިފައިންނާ ފުލުން ނުކުތް ނަމަވެސް މުކުރިމަގު ޒުވާނުން މިވަނީ ތަފާތު ދައްކާފައެވެ.

ރޭގެ އަރާމު ނިދި ނަގާލާ އަތުގުޅާލައިގެން މުކުރިމަގު ޒުވާނުން ނިކުތީ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. މުކުރިމަގު ޒުވާނުން އިސްނަގައިގެން ފެންބޮޑުވެފައިވާ ގެތަކަށްގޮސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

“އެމްއެންޑީއެފްއިން ބުނީ އަތޮޅުތެރޭގެ ރަށްރަށަށް މާ ބޮޑުވަރުވެފަ ހުރީމަ މިވަގުތަކު ނެތޭ މި އަވަށަށް އެހީވެދެވޭކަށް. ދެން އަހަރުން ވިސްނީ ޒުވާނުން ޓީމެއް ނިކުންނަން ރަށުތެރެޔަށް. މުކުރިމަގު ވައިބާރ ގުރޫޕްގަ ޖަހާލީ ވިއްސާރައިގެ ސަބަބުން ގެއްލުންވަންޏާ މެސެޖް ކޮއްލާށޭ. ” މުކުރިމަގު ޒުވާނަކު ފާނޫޒައަށް މައުލޫމާތުދެމުން ބުންޏެވެ.

މުކުރިމަގު ޒުވާނުން ވެލިގޯނި ޖެހުމުގައި — ފޮޓޯ: ކަންމަތީ އެސްސީ ފޭސްބުކް ޕޭޖް

މުކުރިމަގު ޒުވާނުން ނިކުމެ ވަނީ ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖަހާ، އަދި މީގެ އިތުރުން ފެން ވަދެފަވާ ގެތަކުން ފެންހިއްކަދީ، ފެންބޮޑުވެފާވާ ގެތަކުގަ ހުރި ހިފާގެންގުޅޭ ސާމާނު ސަލާމަތްކޮށްދީ އަވަށު ބައެއްހިސާބު ތަކުން ފެން ހިންދަން ކޯރު ކޮނެ ހަދާފައެވެ. އެ ގަދަ ވިއްސާރައިގަ ރައްޔިތުންގެ ހައްގުގަ ނުކުމެ މުކުރިމަގު ޒުވާނުން ދައްކަދީފަވަނީ ވަރަށްވެސް ރީތި ނަމޫނާއެކެވެ. މުކުރިމަގު ޒުވާނުންގެ މަގުސަދަކީ އަވަށު ރައްޔިތުން އެކުވެރިކަމާއެކު އަދި މިފަދަ ހާދިސާ ތަކުގަވެސް ޒުވާނުން އިސްނަގައިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މުކުރިމަގު ޒުވާނުންނަކީ މީގެ ކުރިންވެސް ނަމޫނާ ދައްކަމުން އަންނަ ބައެކެވެ. މި ގޮތުން އެހީއަށް ބޭނުންވެފައި ތިބި ބަލި މީހުނަށް ފަންޑް ރެއިސް ކުރުމުގެ ގޮތުން ތަފާތު ފަންޑު ރެއިސިންގް ޕްރޮގުރާމްތަށްވެސް ވަނީ ހިންގާފައެވެ. މީގެ އިތުރުން މާހެފުމާ އީދުސައި ކަހަލަ ބޮޑެތި ހަރަކާތްތަށް މުކުރިމަގު ޒުވާނުން އިސްނަގައިގެން ދަނީ ކުރަމުންނެވެ. މި ރޯދަމަސް ފެށުމުގެ ކުރިން “މުކުރިމަގު ބޮޑަ މާހެފުން” ގެ ނަމުގައި މުކުރިމަގު ޒުވާނުން އިސްނަގައިގެން ވަނީ ބޮޑު މާހެފުމެއް ބާއްވާފައެވެ.

މުކުރިމަގު ޒުވާނުން ކުރިޔަށް ގެންދިޔަ ބޮޑު މާހެފުމުގެ ތެރެއިން — ފޮޓޯ: މަތީން

” މިހާރު އީދަށް ތައްޔާރުވުމުގެ ވާހަކަތައް މިދައްކަނީ. އީދު ސައިން ފެށިގެން ބޮޑު ފެސްޓިވަލްއެއްގެ ގޮތު ޖެއްސޭތޯ މިބަލަނީ” ކުރިޔަށް ރާވާފަ ހުރި ކަންތަކާ ބެހޭގޮތުން ވަންމުކުރިމަގުގެ އިސްކޮށް އުޅޭ ޒުވާނަކު ބުންޏެވެ.

މި ފަހަކަށް އައިސް ޒުވާނުންގެ ފަރާތުން ނަމޫނާ ކަންތައްތަކެއް ފެންނަމުން ދާކަން ފާހަގަކުރެވެއެވެ. އެގޮތުން އެކުވެރިކަމާއި އެއްްބައިިވަންތަކަމާއެކު އިޖުތިމާޢީ ކަންކަން ހިންގާ ކުރިއަށް ގެންދިޔުމުގައި ޒުވާނުން ވަރަށް ގަދަޔަށް ހަރަކާތްތެރިވާކަން ފާހަގަކޮށްލެވެއެވެ،

ޚިޔާލު ފާޅުކުރައްވާ