Follow us on
ޢީދަށް ޚާއްސަ: ކުކުޅު ބިރިޔާނީ
| އައިމިނަތު

ބޭނުންވާ ތަކެތި

 • 21/2 ޖޯޑު ބާސްމަތީ ރައިސް (ކަށްކާފައި)
 • 4 ސައިސަމުސާ ކުދީނާ ފަތް (ކުދިކޮށް ކޮށާފައި)
 • ލޮނު
 • 1 ސައިސަމުސާ ގާރލިކް ޕޭސްޓް
 • 2 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
 • 1/2 ޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި)
 • 8 ކާފޫރު ތޮޅި
 • 1 ސައިސަމުސާ ކިރު
 • 1 ކިލޯ ގޮރާމް ކުކުޅު
 • 1 ސައިސަމުސާ އިނގުރު ޕޭސްޓް
 • 4 ފެހި މިރުސް
 • 320 ގްރާމް ޓޮމާޓޯ ކޮށާފައި
 • 6 މޭޒު މަތީ ސަމުސާ ތެޔޮ
 • 1/2 ސައިސަމުސާ ޗިލީ ޕައުޑަރ
 • 6 މޭޒުމަތީސަމުސާ ޔޯގަޓްް
 • 11/2މޭޒުމަތީ ސަމުސާ ބިރިޔާނީ ހަވާދު
 • ސައިސަމުސާ ރީނދޫ

ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ކުކުޅުކޮޅު މެރިނޭޓް ކޮށްލާށެވެ. މިގޮތުން ކުކުޅު މެރިނޭޓްކުރުމަށް ޔޯގަރޓް، ޗިލީ ޕައުޑަރ އަދި ލޮނު އެއްކޮށްލާށެވެ. މި ޕޭސްޓް ކުކުޅު ކޮޅާއި އެއްކޮށްލާށެވެ. އެއަށްފަހު 30 މިނެޓް ވަންދެން ބަހައްޓާށެވެ. ކުކުޅުކޮޅު މެރިނޭޓް ކުރުމަށް ބެހެއްޓުމަށް ފަހު ތެއްޔަކަށް ތެޔޮ އަޅާފައި ތެޔޮފޮދު ކެކިގަތުމުން ފިޔާ ކޮޅާއި ކާފޫރު ތޮޅި އަޅާފައި 5 މިނެޓް ވަންދެން ފްރައީ ކޮށްލާށެވެ. އެއަށފަހު ޓޮމާޓޯ ކޮޅާއި ޓޮމާޓޯ ޕޭސްޓް ކޮޅު އަޅާލުމަށް ފަހު 6 މިނެޓް ވަންދެން ފްރައީ ކޮށްލާށެވެ. ދެން އެއަށްފަހު އިނގުރު ޕޭސްޓް، ލޮނުމެދު ޕޭސްޓް އަދި މިރުސް އަޅާފައި ފްރައީ ކޮށްލާށެވެ. އެއަށްފަހު މެރިނޭޓްކުރި ކުކުޅު ކޮޅު އަޅާފައި 5 މިނެޓް ކަށްކައިލާށެވެ. އެއަށްފަހު ތެލީގެ މަތި ޖަހާފައި ކުކުޅުކޮޅު ރޯފިލިންދެން މަޑު ގިނީގައި ކަށްކައިލާށެވެ. އިރު އިރުކޮޅުން ތެލިީގެ މަތި ނަގާފައި ހަލުވައިލާށެވެ. އަދި ކުކުޅު ގަނޑު ހިކި ނަމަ ފެން ފޮދެއް އަޅައިލާށެވެ. ރަނގަޅަށް ކެކިގަތުމުން އުނދުން މަތިން ބާލާފައި ބަތް ކޮޅާއި އަދި މިންޓް ފަތް ކޮޅައި އެއްކޮށްލާށެވެ. އޭރުން އެހުރީ ބިރިޔަނީ ތައްޔާރު ވެފައެވެ.

ޚިޔާލު ފާޅުކުރައްވާ