Follow us on
ފާނޫޒު ބަދިގެ: ވަޅޯމަސް ރައިސް
| އައިމިނަތު

ބޭނުންވާ ތަކެތި:

 • 2 ޖޯޑު ކައްކާފައިވާ ބަތް
 • 1 ފިޔާ
 • 2 ލޮނުމެދު
 • 15 ހިކަނދިފަތް
 • 2/3 ޖޯޑު ކެރެޓު (ހިމަދިގުކޮށް ކޮށާފައި)
 • 2/3 ޖޯޑު ކޮށާފައިހުރި ކެބެޖް (ކެރެޓް ކޮށާފައި ހުރި ފުޅާމިނަށް ކޮށާފައި)
 • 2/3 ޖޯޑު ވަޅޯމަސް (ހަފާލެވޭ ވަރު އެތިކޮޅުކޮޅަށް ކޮށާފައި)
 • 1 ބޮޑު ޓޯމާޓޯ
 • 3 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
 • 2 މޭޒުމަތީ ސަމުސާ ތެޔޮ
 • ½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)

ތައްޔާރު ކުރާނެ ގޮތް
ފިޔާކޮޅު ކޮށާލާށެވެ. ކޮށާނީ ފޮއްޗެއްގެ ފުޅާމިނުގައި ގާތްގަނޑަކަށް ސެންޓިމީޓަރެއް ހުންނާނެ ވަރަށެވެ. ލޮނުމެދުކޮޅު ކުދިކުދިކޮށް ކޮށާލާށެވެ. އަދި ގިތެޔޮމިރުސްވެސް ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު ޓޮމާޓޯ ފަޅާލާފައި އޭގެ އޮށްކޮޅު ނަގާށެވެ. ދެން ހަފާލައިގެން ކާލެވޭ ވަރުގެ ސައިޒަކަށް ޓޮމާޓޯ ކޮށާލާށެވެ. ހުރިހާ އެއްޗެއް ކޮށާ ނިމުމުން ތެޔޮ ކޮޅު ތެއްޔަކަށް އަޅައި ރަނގަޅަށް ހޫނު ކުރާށެވެ. ދެން ތެއްޔަށް ފިޔާކޮޅާއި ހިކަނދިފަތާއި ގިތެޔޮމިރުސްކޮޅު އަޅައި ފިޔާކޮޅު މަޑުވެލަންދެން ކައްކާލާށެވެ. ފިޔާކޮޅު މަޑުވެލުމުން ލޮނުމެދުކޮޅު އަޅާލާށެވެ. އެއަށްފަހު ލޮނުމެދު ކޮޅު މަޑުވެލުމުން ކެރެޓްކޮޅާއި ކެބެޖްކޮޅު އަޅާށެވެ. ކެރެޓްކޮޅު ކުޑަކޮށް މަޑުވެލުމުން ދެން ވަޅޯމަހާއި ޓޮމާޓޯ ކޮޅު އަޅާލާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ދެމިނެޓެއް ހާއިރު ކެކިލަން ބަހައްޓާށެވެ. ދެން އޮއިސްޓަރ ސޯސްކޮޅު އަޅާލާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބަތްކޮޅު އަޅާ އެއްކޮށްލާށެވެ. އޭރުން އެހުރީ ވަޅޯމަސް ފްރައިޑް ރައިސް ތައްޔާރުކުރެވިފައެެވެ.

ޚިޔާލު ފާޅުކުރައްވާ