Follow us on
ސޮއްޕެގެ ޢީދު ހަދިޔާއަކަށް ލަވަ އަލްބަމެއް
| ފާނޫޒް.ކޮމް

މަޝްހޫރު އެއް ރެޕް އާރޓިސްޓް، ސޮއްޕެގެ ފުރަތަމަ އަމިއްލަ އަލްބަމް ފިޠުރު ޢީދު ދުވަހު ރިލީސްކުރަން ނިންމައިފިއެވެ. “ސޮއްޕެ” ނަމަކަށް ކިޔާ މި އަލްބަމްގައި11 ލަވަ ހިމެނޭނެކަމަށް އޭނާ ވަނީ މަޢުލޫމާތު ދީފައެވެ.

ސޮއްޕެ ބުނީ މި އަލްބަމްގެ ޕްރޮޑިއުސަރަކީ މިސްޓީ ކަމަށެވެ. އަލްބަމްގެ ހުރިހައި ލަވަތަކެއްގެ ޅެންތައްއަދި މިއުޒިކު ހެދީ މިސްޓީއެވެ. އިތުރު ތިން ލަވައެއްގެ މިއުޒިކް ހެދީ ސަގްޒްޑްއެވެ. އަލްބަމް ފީޗާ ކުރަނީ ޕްރޮޑަކްޝަން ލެވެލްގެ ފުންނާބު އުސް މިސްޓީއެވެ. އަދި އަލަށް ލަވަ ޕްރޮޑިއުސް ކުރާ ފަންނާނެކެވެ.

ސޮއްޕެ އަމިއްލަ އަލްބަމެއް ނެރުމުގެ ވާހަކަ އެންމެ ފުރަތަމަ ހާމަކުރީ 2011 ވަނަ އަހަރު، ދިވެހިރާއްޖޭގެ އަޑުގެ ޝޯއެއްގައެވެ.

މާލެ އަދި ކޮލޮމްބޯގައި ލަވަތައް ރިކޯޑު ކުރެވިފައިވާއިރު މިހާރު ކުރިއަށްދަނީ އަލްބަމް ރިލީޒްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. ސޮއްޕެގެ އެ ލަވަ އަލްބަމް ރިލީޒްވާނީ ލަވަފޮށީގައެވެ.

ސޮއްޕެގެ އެންމެ ހިޓުވި އެއް ލަވައަކީ، 2013 ވަނަ އަހަރު ދިޓީވީގެ “ތަރިންގެ ރޭ” ޝޯގައި މީރާ މުހައްމަދު މާޖިދުއާ އެކު ޕަފޯމްކުރި “އެޅި މި ކަނޑުމަތި”އެވެ. މި ލަވައިގެ ކަވާއެއް 2013 ވަނަ އަހަރު މީރާއާ އެކު ޕަފޯމްކުރި އިރު، އެ ލަވައިގައި ސޮއްޕެ ހުށަހަޅައިދިން ރެޕް ގިނަ ބަޔަކަށް ކަމުދިޔައެވެ.

ޚިޔާލު ފާޅުކުރައްވާ