Follow us on
ފާނޫޒު ޢީދު މުބާރަކް ވީޑިޔޯ ލަވަ ރިލީޒް ކޮށްފި
| އަޙުމަދު އަނަސް

1440 ވަނަ އަހަރުގެ ފިޠުރު ޢީދަށް ޚާއްސަކޮށްގެން ފާނޫޒުން ވީޑިޔޯ ލަވައެއް ރިލީޒްކޮށްފިއެވެ. މި ޚާއްސަ ލަވަ ރިލީޒްކޮށްފައިވަނީ ޢީދު ދުވަހުގެ ކުރީ ރޭގައެވެ.

ލަވަ ރިލީޒްކުރުމާއެކު މިހާރު މި ލަވަ ފާނޫޒު ފެސްބުކް ޕޭޖް އަދި ޔޫޓިއުބުން ބަލާލެވޭނެއެވެ. އަދި ލަވަ އަޑުއައްސަވަން ބޭނުންވާ ފަރާތްތަކަށް ސައުންޑް ކްލައުޑުން މި ލަވަ އަޑު އަހާލެވޭނެއެވެ.

ލަވައިގެ ގިނަ މަންޒަރުތައް ނަގާފައިވަނީ ލ.ފޮނަދޫ ގައެވެ. އަދި ބައެއް މަންޒަރުތައް ލ.ގަމުގައިވެސް ނަގާފައިވާނެއެވެ.

މި ޚާއްސަ ލަވައިގެ ޅެން ހަދާފައިވަނީ އަޙުމަދު މުޢާޛެވެ. މުޢާޛަކީ މީގެ ކުރިންވެސް އަމިއްލައަށް އެކި އެކި ކަންކަމަށް ޅެން ހަދާފައިވާ، ޅެން ހަދަން ފަރިތަ މީހެކެވެ.

“ފާނޫޒު ޢީދު މުުބާރަކް” ލަވަ ކިޔާފައިވަނީ ޓީވީއެމް އިން ގެނެސްދިން “ވޮއިސް އޮފް މޯލްޑިވްސް”ގެ ދެވަނަ ސީޒަން ކާމިޔާބު ކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ހަސަން ތޮލާގެވެ.

ޚިޔާލު ފާޅުކުރައްވާ