Follow us on
އިންޑިޔާއާއި ވާދަކުރަމުންދާ ދިވެއްސަކަށް އެހީތެރިވެދެއްވާ!
| އަޙުމަދު އަނަސް

އިންޓަނޭޝަނަލް ޔޫތް ކޮމިޓީއިން މި އަހަރުގެ ޑިސެމްބަރ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ވޯލްޑް ޔޫތް ޖެނެރަލް އެސެމްބްރީ” ގެ ލޯގޯ ޑިޒައިންކުރުމަށް، އިންޓަނޭޝަނަލް ޔޫތް ކޮމިޓީގެ ފޭސްބުކު ޕޭޖު މެދުވެރިކޮށް، އާންމުކޮށް އެންމެނަށް ވަނީ ހުޅުވަލާފައެވެ.

މި ލޯގޯ މުބާރާތަށް އެކި ޤައުމު ޤައުމުން ޖުމްލަ 52 ލޯގޯއެއް ވަނީ ބައިވެރިކޮށްފައެވެ. ދިވެހިރާއްޖޭންވެސް ވަނީ ލޯގޯއެއް ބައިވެރި ކޮށްފައެވެ. އެއީ އިންޓަނޭޝަނަލް ޔޫތް ކޮމިޓީ ގެ ޔޫތް އެމްބެސަޑަރ ހައްވާ ނައުޝާ މި މުބާރާތުގައި ބައިވެރިކޮށްފައިވާ ލޯގޯއެކެވެ.

މި މުބާރާތުގައި 50% މާރކްސް ނަގަނީ ޖަޖުންގެ ޕެނަލަކުންނެވެ. އަދި އަނެއް 50% މާރކް ބަލަނީ ލައިކްސް އަދި ޝެއަރ ލިބޭ މިންވަރަށް ބަލައިގެންނެވެ. އެގޮތުން ކޮޮންމެ 100 ލައިކްސް އަކީ 1 ޕޮއިންޓެވެ. އަދި ކޮންމެ 100 ޝެއަރ އަކީވެސް 1 ޕޮއިންޓެވެ. ނައުޝާއަށް މިހާރު ލިބިފައިވަނީ ޖުމްލަ 24 ޕޮއިންޓެވެ. މި މުބާރާތުގައި މިހާރު އެންމެ މަތީގައިވެސް އޮތީ ނައުޝާއެވެ.

ނައުޝާއާއި އެންމެ ކައިރިން ވާދަކުރަނީ އިންޑިޔާގެ ލޯގޯއެކެވެ. އެ ލޯގޯއަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.

ހުރިހާ ދިވެހިންވެސް އިންޑިޔާއާއި ވާދަކޮށް، ދިވެއްސެއްގެ ލޯގޯއަށް މުބާރާތުން ކާމިޔާބު ހޯދާދެވޭތޯ މަސައްކަތް ކުރަން އެބަޖެހެއެވެ. އެގޮތުން ތިރީގައި އެވާ ޕޯސްޓަށް، ލައިކް އެއް ކޮށްލުމަށްފަހު ޝެއަރ ކޮށްލުންއެދެމެވެ.

Entry No. 30 #WYGA2019 #LogoCompetitionMs Hawwa Nausha from Republic of Maldives 🇲🇻 [Winner will get a free trip to Paris for 6 days during the World Youth General Assembly 2019]

Posted by International Youth Committee on Monday, 3 June 2019

ޚިޔާލު ފާޅުކުރައްވާ