Follow us on
ލާމު އަތޮޅުގެ ރީތިކަން ދައްކާލަން ވިޒިޓް ލާމު އިން ލަވައެއް ނެރެނީ
| ފާނޫޒް.ކޮމް

ލާމު އަތޮޅު ޕްރަމޯޓް ކުރަން އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަމުން އަންނަ ބައެއް ކަމުގައިވާ، “ވިޒިޓް ލާމު” އިން ލާމު އަތޮޅުގެ ރީތިކަން ދައްކުވައިދޭ ގޮތަށް ލާމު ޕްރަމޯޓް ކުރަން ލަވައެއް ނެރެން ނިންމައިފިއެވެ.

“ވިޒިޓް ލާމު” އިން ވަގުތަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ވިޒިޓް ލާމު އިން އިސްނަގައިގެން މިފަދަ މަސައްކަތެއް ކުރަން ނިންމާފައިވަނީ ލާމުގެ ރީތިކަން ރީތި ޅެން ބައިތުތަކަކުން ދައްކުވައިދިނުމަށް ކަމަށެވެ.

“އަޅުގަނޑުމެންނަށް ޤުދުރަތީ ރީތިކަމެއް މިވަނީ ލިބިފައި. ނަމަވެސް މި ޤުދުރަތީ ރީތިކަން ގިނަ ބަޔަކަށް ނުފެނޭ. އަޅުގަނޑުމެންގެ މަޤްސަދަކީ ލާމު އަތޮޅުގެ ޤުދުރަތީ ރީތިކަން ރާއްޖެއަށާއި މުޅި ދުނިޔެއަށް ދައްކާލުން.” ވިޒިޓް ލާމުގެ މާކެޓިންގ ހެޑް މުޙައްމަދު ސަނީޙް ބުންޏެވެ.

“ވިޒިޓް ލާމު” އިން ލާމު ޕްރަމޯޓް ކުރުމަށް ހެދުމަށް ހަމަޖެހިފައިވާ ލަވަ ހެދުމަށް އެހީތެރިކަން ފޯރުކޮށްދެން ބޭނުންވާ ފަރާތްތަކުން، ވިޒިޓް ލާމު ގެ ފައިނޭންސް ހެޑްގެ އެކައުންޓް ނަންބަރަށް ފައިސާ ޖަމާކޮށްދިނުމަށް ވިޒިޓް ލާމު އިން އެދެއެވެ. އަދި މިގޮތަށް ފައިސާ ފޮނުވާނަމަ ވިޒިޓް ލާމު ޕޭޖަށް ފައިސާގެ ރަސީދު ފޮނުވަން ވާނެއެވެ.

ބީއެމްއެލް އެކައުންޓް ނަންބަރު: 7730000210298

ވިޒިޓް ލާމު އިން އިސްނަގައިގެން މީގެ ކުރިންވެސް ލާމު އަތޮޅު ޕްރަމޯޓް ކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ކޮށްފައެވެ. މިގޮތުން މިހާރުވެސް ލާމުގެ ފޮޓޯތައް ގެނެސްދޭ ވިޒިޓް ލާމުގެ ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް ހޭންޑަލް ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަންވަނީ ހޯދާފައެވެ. މީގެ އިތުރުން ވިޒިޓް ލާމު އިން ދަނީ ލާމުގެ މަޢުލޫމާތުތައް ގެނެސް ދިނުމަށް ޚާއްސަ ވެބްސައިޓެއް ފަރުމާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ