Follow us on
ހައްދުންމަތީ މެރެތަންގެ އެންމެ ފަހު އެކްސްޕޯ މިއަދު ހަވީރު
| ފާނޫޒް.ކޮމް

އައިރަނާސް އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ހައްދުންމަތީ މެރަތަންގެ ފިޓްނެސް އެކްސްޕޯ މިއަދުވެސް ބާއްވަން ނިންމައިފިއެވެ. މިއަދުވެސް ފިޓްނެސް އެކްސްޕޯ ބާއްވަން ނިންމާފައި މިވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް އައރަނަށް އިން މަޢުލޫމާތުދެއެވެ.

މިއަދުގެ އެކްސްޕޯގެ ތެރެއިންވެސް ދުވުންތެރިންނަށް ބިބް ދޫކުރުމާއި، ރޭސް ކިޓް ދޫކުރުން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރެޖިސްޓްރޭޝަން ކޮންފަމޭޝަންގެ ކޮޕީއަކާއި، އައިޑީ ކާރޑް ނުވަތަ ޕާސްޕޯތް ހިފައިގެން ދުރުވުމުން ރޭސް ކިޓް ލިބޭނެއެވެ.

ހައްދުންމަތީ މެރެތަންގައި މިއަހަރު ޖުމްލަ 550 ދުވުންތެރިން ވަނީ ބައިވެރިވެފައެވެ. އޭގެތެރެއިން 350 ދުވުންތެރިންނަކީ ލ.އަތޮޅަށް ނިސްބަތްވާ މީހުނެވެ. ބާކީ 200 މީހުންނަކީ އަތޮޅުން ބޭރު މީހުންނެވެ. ހައްދުންމަތީ މެރެތަންގައި މިއަހަރު ދިވެހިންގެ އިތުރުން އިތުރު ނުވަ ގައުމެއްގެ ދުވުންތެރިން ބައިވެރިވެއެވެ. އެއީ ބަންގްލަދޭޝް، ޗައިނާ، ނެދަލޭންޑް، ރަޝިޔާ، ފެޑެރޭޓިއޯ، ނޭޕާލް، ސްޕައިން އިންޑިޔާ އަދި ފިލިޕީންސްގެ ދުވުންތެރިންނެވެ. ހައްދުންމަތީ މެރަތަންގައި ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ އާތިފް ވެސް ބައިވެރިވާނެއެވެ.

މި މެރަތަންގެ ހޯސްޓިންގ ޕާރޓްނާ އަކީ ލ.ގަން ކައުންސިލްއެވެ. އިވެންޓް އޯގަނައިޒާ އަކީ އައިރަނާސް އެވެ. ރެޖިސްޓްރޭޝަން ޕާރޓްނާ އަކީ ރަން ބަޑީސްއެވެ. އޮފިޝަލް ސްޕޯޓްސް ޝޮޕް އަކީ ދަ މެރަތަން ޝޮޕެވެ. އެންވަޔަރަމެންޓަ ޕާރޓްނާ އަކީ ސިކްސް ސެންސް ލާމެވެ. ހޮޓެލް ޕާރޓްނާ އަކީ ރިވަރިސް ޑައިވިންގ ވިލެޖެވެ. ކެފޭ ޕާރޓްނާ އަކީ ކެފޭ 20 އަދި މީޑިޔާ ޕާރޓްނާ އަކީ ފާނޫޒެވެ.

ޚިޔާލު ފާޅުކުރައްވާ