Follow us on
ހައްދުންމަތީ މެރެތަންގެ މެރަތަން ރޭސް ފަށައިފި
| އަޙުމަދު އަނަސް

އައިރަނާސް އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ހައްދުންމަރީ މެރެތަންގެ މެރަތަން ރޭސް ފަށައިފިއެވެ.

މެރަތަންގެ ދުވުން ފަށާފައިވަނީ މިރޭ 02:00 ގައެވެ. މިއަހަރުގެ ހައްދުންމަތީ މެރެތަންގައި ބައިވެރިވެފައިވަނީ ޖުމްލަ 550 މީހުނެވެ. އޭގެ ތެރެއިން މެރެތަން ރޭހުގައި ބައިވެރިވެފައިވަނީ 9 މީހުންނެވެ.

މިއަހަރުގެ މެރަތާން ގައި ހިމެނޭނީ 10 ރޭހެކެވެ. އެއީ އަލްޓަރާ މެރެތަން، މެރަތަމް، ހާފް މެރަތަން، 10 ކޭ، 5 ކޭ، ކިޑްސް ސްމައިލް 3.2 ކޭ، ކިޑްސް ސްމައިލް 1.6 ކޭ، ކިޑްސް ސްމައިލް 0.8 ކޭ އަދި ސީނިޔާ ވޯކް 3.2 ކޭއެވެ.

މި މެރަތަންގެ ހޯސްޓިންގ ޕާރޓްނާ އަކީ ލ.ގަން ކައުންސިލްއެވެ. އިވެންޓް އޯގަނައިޒާ އަކީ އައިރަނާސް އެވެ. ރެޖިސްޓްރޭޝަން ޕާރޓްނާ އަކީ ރަން ބަޑީސްއެވެ. އޮފިޝަލް ސްޕޯޓްސް ޝޮޕް އަކީ ދަ މެރަތަން ޝޮޕެވެ. އެންވަޔަރަމެންޓަ ޕާރޓްނާ އަކީ ސިކްސް ސެންސް ލާމެވެ. ހޮޓެލް ޕާރޓްނާ އަކީ ރިވަރިސް ޑައިވިންގ ވިލެޖެވެ. ކެފޭ ޕާރޓްނާ އަކީ ކެފޭ 20 އަދި މީޑިޔާ ޕާރޓްނާ އަކީ ފާނޫޒެވެ.

ޚިޔާލު ފާޅުކުރައްވާ