Follow us on
ވިޒިޓް ލާމު ރަޖިސްޓަރ ކޮށްފި
| ފާނޫޒް.ކޮމް

ލާމު އަތޮޅު ޕްރަމޯޓްކޮށް ލާމު އަތޮޅަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ކުރުމަށް ހިންގަމުން އަންނަ ވިޒިޓް ލާމު ރަޖިސްޓަރ ކޮށްފިއެވެ.

ވިޒިޓް ލާމު އިން ވާހަކަ ދެއްކި އޮފިޝަލަކު ބުނެފައިވަނީ މިއަދު ވިޒިޓް ލާމު އެކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރ ކޮށްފައިވާ ކަމަށާއި މިހާރު ވިޒިޓް ލާމަކީ ރަޖިސްޓަރކޮށްގެން ހިންގޭ ކުންފުންޏެއް ކަމަށެވެ.

“އަޅުގަނޑުމެންގެ މަސައްކަތް ބާރު ސްޕީޑެެއްގައި ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދުވާނީ އެކޮނިމިސް މިނިސްޓްރީގައި ވިޒިޓް ލާމު ރަޖިސްޓްރީ ކޮށްފައި. ވިޒިޓް ލާމު އެޓޯލް ގެ ނަމުގައި އަޅުގަނޑުމެން ރެޖިސްޓަރ ކުރީ. ކުރިޔަށް އޮތް ތާންގައި އިރާދަ ކުރެއްވިއްޖިއްޔާ ތަފާތު ފެނިގެންދާނެ.” ވިޒިޓް ލާމުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ވިޒިޓް ލާމުގެ މީސްމީޑިޔާ ހޭންޑަލް އަކީ ގިނަ ބައެއްގެ މެދުގައި މަޤްބޫލު ހޭންޑަލްތަކެއްކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ