Follow us on
އެންމެ ގިނަ ބަޔަކު ދާން ބޭނުމީ ލ.ގަމަށް
| އަޙުމަދު އަނަސް

ކުރިޔަށް އޮތީ ޢީދު ބަންދުގައި ގިނަބައެއްގެ މަންޒިލަކަށް ވެފައިވަނީ ލާމު އަތޮލެވެ. އެހެނަސް އޭގެތެރެއިން ދާނީ ކޮން ރަށަކަށް ހެއްޔެވެ؟ މިކަމަށް ލުޔެއް ހޯދައިދިނުމަށް ޓަކައި ވިޒިޓް ލާމު އިން މިވަނީ މީސްމީޑިޔާ މެދުވެރިކޮށް ޕޯލްއެއް ނަގާފައެވެ.

މި ޕޯލްގެ ނަތީޖާ ދައްކާ ގޮތުގައި އެންމެ ގިނަ ބަޔަކު ދާން ބޭނުންވާ މަންޒިލެއްގެ ގޮތުގައި، ލ.އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ކުރީގައި އޮތީ ލ.ގަމެވެ.

“ކޮން ރަށަކަށް ދަން ހިތްވަނޫ” ގެ ނަމުގައި ނަގާފައިވާ މި ޕޯލްގައި ޖުމްލަ 3193 މީހުން ވޯޓް ލާފައިވާއިރު ލ.ގަމަށް ވޯޓުލާފައިވަނީ 1586 މީހުންނެވެ. އަދި ދެވަނައިގައި އޮތް މައިބައިދުއަށް ލިބިފައިވަނ ީ399 ވޯޓެވެ. މި ޕޯލްގެ އެންމެ ފަހަތުގައި އޮތީ 40 ވޯޓާއި އެކު ކުނަހަންދުއެވެ.

ވިޒިޓް ލާމުން ނެގި މި ވޯޓުނެގުން ހުއްޓާލީ މިރޭ 20:00 ގައެވެ.

ވިޒިޓް ލާމަކީ ލ.އަތޮޅުގެ ރީތިކަމާއި، ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް މިހާރުވެސް ތަފާތު ހަރަކާތްތަކެއް ހިންގަމުން އަންނަ ބައެކެވެ.

ޚިޔާލު ފާޅުކުރައްވާ

  1. މާބައިދޫ

    މައިބައިދު އެެއްނަޫން މާބައިދޫ

  2. މޫނިމާ

    ހުނމް ތަރައްޤީކަން ބޮޑުވެފައި އިޤުތިޞާދީ ވަޞީލަތްތައް ގިނަވީމަ !

  3. ގަމު ތުނޑޫ ބޭގެ ދާއޫދު

    އާނ ! އެހެނެއްނަ ވާނޫ ! ޖަންގަލި ބޯތަންތަނު ކަނބުލި ގެނަވާންނާ

  4. ލާމު ބޮޑުމީހާ

    ތި ދެން މީހަކު ދާނެތަނެއް….ތިތާ ކޯޗެއްތަ އޮތީ…..