Follow us on
ހައްދުންމަތީ އަތޮޅު ކައުންސިލްގެ ބަށި މުބާރާތް ފަށައިފި
| އަޙުމަދު އަނަސް

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ބަށި މުބާރާތް މިއަދު ހަވީރު ފަށައިފިއެވެ.

މި އަހަރުގެ ހައްދުންމަތީ ބަށި މުބާރާތް ބާއްވަނީ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމުގައިވާ ލ.ފޮނަދޫ ބަރާސިލް އަވަށުގެ ބޯޅަ ދަނޑުގައެވެ.

މިއަހަރުގެ ބަށި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 5 ޓީމެކެވެ. މުބާރާތުގެ ކުޅުން ކުރިޔަށް ދާނީ މި މަހުގެ 18، 19، 20 އަދި 21 ވަނަ ދުވަހުއެވެ.

މުބާރާތުގެ ކުޅުން މިހާރު ފަށާފައިވާއިރު މިހާތަނަށް ވަނީ ދެ މެޗެއް ކުޅެވިފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެމީގޯސް އާއި ހަވިއްތައެވެ. މިމެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ އެމީގޯސް އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބައިވެރިވެފައިވަނީ ޑަބްލިޔުޑީސީ އާއި މޫނިމާ އެވެ. މި މެޗު ކާމިޔާބުކޮށްފައިވަނީ ޑަބްލިޔުޑީސީ އިންނެވެ.

މުބާރާތުގެ ކުޅުން މާދަމާ ހެނދުނުވެސް ކުރިޔަށް ދާނެއެވެ. މާދަމާ ހެނދުނުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ހަވިއްތަ އާއި އޯކިޑް އެވެ. އަދި މާދަމާ ހެނދުނުގެ ދެވަނަ މެޗުގައި ވާދަކުރާނީ އަމީގޯސް އާއި ޑަބްލިޔުޑީސީ އެވެ.

ޚިޔާލު ފާޅުކުރައްވާ