Follow us on
ދިވެހިވަންތަ ސްޓޮކް ފޮޓޯސް އާއި ޕްރިސެޓްސް، ރާއްޖެޕީކް އިން ހިލޭ ލިބޭނެ!
| އަޙުމަދު އަނަސް

ފްރީޕިކާއި ޝަޓާސްޓޮކް ފަދަ ވެބްސައިޓުތަކަކީ އާންމުކޮށް ކޮންމެ ދުވަހަކުވެސް ދިވެހިންގެ ތެރެއިން ފޮޓޯގްރަފަރުންނާއި ގްރެފިކްސް ޑިޒަައިނަރުން ބޭނުންކުރާ ވެބްސައިޓުތަކެކެވެ. އެހެނަސް މިއިން ވެބްސައިޓަކުން ދިވެހިވަންތަ ސްޓޮކް ފޮޓޯ ނުވަތަ ވެކްޓާސް އެއް ނުލިބެއެވެ. މިއޮތީ މިކަމަށް އޮތް ހައްލެވެ.

މިއީ ދިވެހިރާއްޖޭގެ ފުރަތަމަ ސްޓޮކް ފޮޓޯސް ގެނެސްދޭ ވެބްސައިޓެވެ. ދިވެހިންނަށް ދިވެހި ވަންތަ، ފޮޓޯތައް އެންމެ ފަސޭހައިން ލިބޭނެ އެއް ވެބްސައިޓަކީ މިއީއެވެ. އެގޮތުން މި ވެބްސައިޓުގައި މިހާރުވެސް އެކި އެކި އެއްޗެހީގެ ފޮޓޯތައް ލިބެން އެބަ ހުއްޓެވެ. އަދި މި ހުރިހާ ފޮޓޯއަކީވެސް ރާއްޖޭގައި ނަގާފައިވާ ފޮޓޯކަން ފާހަގަކޮށްލެވެއެވެ.

އަދި އޭގެ އިތުުރުން ދިވެހި ގްރެފިކްސް ޑިޒައިނަރުނަށްނަށް ބޭނުން ކުރެވޭނޭ ފަދަ، ދިވެހިވަންތަ އައިކަންސް އަދި ޕްރިސެޓްސް ވެސް މި ވެބްސައިޓުން ލިބެން ހުންނާނެއެވެ. ދިވެހި ފޮޓޯގްރަފަރުންނަށް ޚާއްސަކޮށްގެން ފޮޓޯ އެޑިޓިންގ ގައި ބޭނުންކުރާ ފޮޓޯޝޮޕް ޕްރިސެޓްސް ވެސް މި ވެބްސައިޓުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ވެބްސައިޓަކީ ދިވެހިވަންތަ ފޮޓޯ އޯވަލޭސް ލިބެން ހުންނާނެ ހަމަ އެކަނި ވެބްސައިޓުކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެޕީކް އަކީ ބޭރުގެ ބައެއް ވެބްސައިޓުތަކުގެ ތަސައްވުރާއި ދާދި އެއްގޮތް ޚިޔާލެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ވެބްސައިޓަކަށް ވެދާނެއެވެ. އެހެނަސް މި ވެބްސައިޓުން ހުރިހާ އެއްޗެއްވެސް ހިލޭ ޑައުންލޯޑް ކުރެވެއެވެ. ކޮންމެ ހަފްތާއަކުވެސް ވެބްސައިތް އަޕްޑޭޓް ކުރަމުން ގެންދާނެ ކަމަށް ރާއްޖެ ޕީކް ޓީމުން މަޢުލޫމާތުދެއެވެ. އެހެންކަމުން މި ވެބްސައިޓަކީ އޯވަލޭސް އަދި އައިކަންސް އާއި ދިވެހިވަންތަ ސްޓޮކް ފޮޓޯސް ބޭނުންވާ ފަރާތްތަކަށް އޮތް “ފައްކާ” ވެބްސައިޓެކެވެ.

ޚިޔާލު ފާޅުކުރައްވާ