Follow us on
ހައްދުންމަތީ އަތޮޅު ކައުންސިލްގެ ބަށި މުބާރާތުގެ ފައިނަލަށް އޯކިޑް އަދި ޑަބްލިޔުޑީސީ
| އަޙުމަދު އަނަސް

ހައްދުންމަތީ އަތޮޅު ކައުންސިލް ބަށިބޯޅަ މުބާރާތުގެ ފައިނަލަށް އޯކިޑް އަދި ޑަބްލިޔުޑީސީ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް އޯކިޑް ޓީމު ދަތުރުކޮށްފައިވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާމު ކޮށްގެނެވެ. އަދި ޑަބްލިޔުޑީސީ ޓީމް ފައިނަލަށް ދަތުރުކޮށްފައިވަނީ މުބާރާތުގައި ކުޅެވުނު 4 މެޗުގެ ތެރެއިން އެންމެ މެޗެއް ފިޔަވާ ހުރިހާ މެޗެއް ކާމިޔާބުކޮށްގެނެވެ.

މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް އިންތިޒާމުކޮށްފައިވަނީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރިކްރިއޭޝަން ކްލަބުންނެވެ، މުބާރާތް ކުރިޔަށް ގެންދަނީ މޯލްޑިވްސް ބަށިބޯޅަ އެސޯސިއޭޝަން އިންނެވެ.

މިއަހަރުގެ ބަށި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 5 ޓީމެކެވެ. މުބާރާތް ފެށިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. ލ.އަތޮޅަކީ އިހުޒާމާނުއްސުރެ ބަށީ ބޯޅަ ކުޅުމަށް މޮޅު ކުޅުންތެރިން ތިބި އަތޮޅެއްކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ