Follow us on
ޕެމްޕް ރިކޯޑްސްގެ “އަލްބަމް އެކްސް” ރިލީސްކޮށްފި
| އަޙުމަދު އަނަސް

ޕެމްޕް ރިކޯޑްސް “އަލްބަމް އެކްސް” ރިލީސްކޮށްފިއެވެ. މި އަލްބަލް ރިލީޒް ކޮށްފައިވަނީ ރޭ 00:00 ގައެވެ.

ޖުމްލަ ހަ ލަވަ ހިމެނޭ މި އަލްބަމަކީ، އެހުންތެރިންނަށް ވަރަށް ކަމުދާނެ އަލްބަމަކަށް ވެގެންދާނެކަމަށް ޕެމްޕް ރިކޯޑްސް އިން ވަނީ ފާނޫޒަށް މަޢުލޫމާތު ދީފައެވެ. މިހާރު ލަވަފޮށި އަދި ސައުންޑް ކަލައުޑުން “އަލްބަމް އެކްސް” އަޑު އަހާލެވޭނެއެވެ.

މީގެ ކުރިންވެސް ޕެމްޕް ރިކޯޑްސް އިން ވަނީ އެތައް ލަވައެއް ރިލީޒްކޮށްފައެވެ. އެގޮތުން މިހާތަނަށް ޖުމްލަ 44 ހަތަރު ލަވައެއް ރިލީޒްކޮށްފައިވާނެކަމަށާއި، މި އަލްބަމާއެކު މި ޕެމްޕް ރިކޯޑްސް އިން 50 ލަވަ ނެރެވިފައިވާނެކަމަށްވެސް ވަނީ ބުނެފައެވެ. މިއީ ޕެމްޕް ރިކޯޑްސް އިން ނެރުނު ފުރަތަމަ އަލްބަމެވެ.

2017 ވަނަ އަހަރު ށ.ކަނޑިތީމުން އުފެދުނު ޕެމްޕް ރިކޯޑްސް އަކީ ޒުވާން ގްރޫޕެކެވެ. މި ގްރޫޕުގައި ތިބެނީ 18 އަހަރާއި 19 އަހަރުގެ ކުދިންނެވެ. މިހާރު މި ގްރޫޕުގައި ތިބެނީ 12 ކުދިންނެވެ.

ޚިޔާލު ފާޅުކުރައްވާ