Follow us on
ޢީދު ޝޯވތަކަށް ކޭބޯލަ ރެޑީ!
| ފާނޫޒް.ކޮމް

1440 ވަނަ އަހަރުގެ އަޟްޙާ ޢީދަށް އަތޮޅުތެރޭގެ އެކިރަށްރަށުން ދަނީ ތައްޔާރުވަމުންނެވެ. ކޮންމެ ޢީދެއްވެސް އެންމެ ފުރިހަމަ ކޮށްދެނީ ދިވެހީންގެ ތާރީޚްގެ ތެރެއިން އައިސްފައިވާ ބޮޑުބެރުންނެވެ. ބޮޑުބެރުގެ ފޯރި ނަގަން ކުޑެއް ބޮޑެއް، އަންހެނެއް ފިރިހެނެއް މިއަކު ނެތެވެ.

ލާމު އަތޮޅުގައި ނަން މަޝްޙޫރު ކޭބޮލަ ބޮޑުބެރު ގްރޫޕް މިފަހަރުވެސް މިވަނީ ޢީދަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. 2011 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި މިއަހަރުގެ ޢީދުގައިވެސް ކޭބޯލަގެ ޝޯވތައް ލާމު އަތޮޅުގެ އެކިއެކި ރަށްރަށުން ފެނިގެން ދާނެ ކަމުގައި މި ގްރޫޕްގައި އިސްކޮށް ޙަރަކާތްތެރިވަމުން އަންނަ އުސްމާން ޢަބްދުﷲ (އުއްސޭ) ވަނީ މަޢުލޫމާތު ދީފައެވެ.

އަޟްޙާ ޢީދުގެ ފުރަތަމަ ދުވަހުގެ ޝޯވ އޮންނާނީ ލ.ފޮނަދޫ ކުރިގަމުގައެވެ. ދެވަނަ ދުވަހު ލ.ދަނބިދޫގައި އޮންނައިރު، ތިންވަނަ ދުވަހު އޮންނާނީ ލ. ގަމު މަތިމަރަދޫގައެވެ. އަދި ހަތަރުވަނަ ދުވަހު އޮންނާނީ ލ.މުންޑޫގައެވެ.

ކޭބޯލަ ބޮޑުބެރު ގުރޫޕް — ފޮޓޯ: ޒޮލް | ކޭބޯލަ އޮފިޝަލް ފޮޓޯގްރަފަރ

ކޭބޯލަ ބޮޑުބެރު ގްރޫޕަކީ މިއަދު އެތައްބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ގްރޫޕެކެވެ. ބެރުގެ ފޯރިއާއި، ހިތްގައިމު ލަވަތަކުންނާއި، ފަރިފަރި ނެށުމުންނެވެ. ޢީދު ޝޯވތަކުގެ އިތުރުން ޚިތާނީ ސީޒަންއާއި ކައިވެނި މައްޗަށް ދިއުމުގައިވެސް ކޭބޯލަގެ ހިތްގައިމު ހުށަހެޅުންތަކުން ފަޅުފިލުވާލަދެއެވެ. މިފަހަރުގެ ޢީދުގައި ކޮންމެހެންވެސް ކޭބޯލަގެ ޝޯވއެއްގައި ބައިވެރިވެލަން ވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ