Follow us on
ކުޑަކުދިންގެ ސިލްސިލާ ވާހަކަ “މަވެށި” ނެރެނީ
| ހުސެން

ކުޑަކުދިންގެ ސިލްސިލާ ވާހަކަ “މަވެށި” ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ވާހަކަ ކިޔުންތެރިންގެ ތެރޭގައި މަގުބޫލު ވާހަކަޑޮޓްކޮމް އިން ހިންގާ “ވާހަކަ ޕަބްލިޝާ” އިން މިފަހަރު ނެރެން ހަމަޖެހިފައިވަނީ “މަވެށި” ވާހަކަ ސިލްސިލާއެވެ. މި ސިލްސިލާގެ ތެރޭގައި ހިމެނެނީ އެކުވެރި ތިން މިޔަރު، ކޮކާލުގެ ހުވަފެން، ބުއްދިވެރި ފިނިދަނަ، ނަސީބުދެރަ ކޮވެލި އަދި ކިބުރުވެރި ބުޅާ އެވެ. މިފަސް ފޮތް ލިޔުއްވާފައި ވަނީ، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު، ހުސެއިން ޝަހުދީ އެވެ. އޭނާ އަކީ ކުރީގެ ޓީޗަރެއް އަދި ޕްރިންސިޕަލެކެވެ.

ވާހަކައިގެ މުސައްނިފުގެ ނޯޓްގައި ޝަހުދީ ލިޔުއްވާފައިވަނީ ޅަދަރިންގެ ޅައުމުރުގައި ދިވެހި ބަހަށް ލޯބި ޖެއްސުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މިފަދަ ވާހަކައަކުންވެސް އެކުދިންގެ މައުލޫމާތުގެ ހަޒާނާއަށް ދުޅަހެޔޮކަން ލިބޭނެކަމަށް އުންމީދުކުރަމެވެ. އެކުދިންގެ ވެށީގެ ވަށައިގެންވާ ކަންކަމާއި، ތަކެއްޗަށް ވިސްނުން ހިންގާލުމަށް މި ވާހަކަތަކުން ބާރު ލިބޭނެކަމަށެވެ.

މި ވާހަކަ ފޮތްތަކުގައި ކުޑަކުދިން ގަޔާވާކަހަލަ ގޮތަކަށް ވާހަކަޔާއި ގުޅޭހެން ކެރެކްޓާތަކުގެ އިލަސްޓްރޭޝަންތަކާއި ކުލަ މަންޒަރުތައް ހިމަނާފަ އެވެ. އަދި ފޮތް ޕްރިންޓްކޮށްފައިވާނީ ވަރަށް ކޮލިޓީކޮން ގިނަދުވަހު ގެންގުޅެވޭނެ ގޮތަކަށެވެ.

ވާހަކަ ޕަބްލިޝާއިން މަޢުލޫމާތުދޭގޮތުގައި ސެޕްޓެމްބަރު މަހުގެ ކުރީކޮޅު މިވާހަކަ ބާޒާރަށް ނެރެން ހަމަޖެހިފައިވާ ކަމަށާއި އަންނަ ހަފްތާގައި ވާހަކައިގެ ޕްރި އޯޑަރަށް ހުޅުވާލާނެ ކަމަށެވެ.

މިއީ “ވާހަކަ ޕަބްލިޝާ”އިން ނެރޭ ދެ ވަނަ ވާހަކަ ފޮތެވެ. މީގެ ކުރިން ނެރެފައި ވަނީ، އަހުމަދު އިގްބާލް (އައިކިއު) ލިޔެފައިވާ ކުޑަކުދިންގެ ވާހަކަ ފޮތް “ބަސްނާފުށި” އެވެ. ބަސްނާފުށިވެގެން ދިޔައީ ކުޑަކުދިންގެ މެދުގައި މަގުބޫލު ވާހަކަ ފޮތަކަށެވެ.

ޚިޔާލު ފާޅުކުރައްވާ