Follow us on
ބިދަބިން ޢީދު ލަވަ: އަޑު އަހާ ފޫހި ނުވޭ!
| އަޙުމަދު އަނަސް

ދިވެހިންގެ ތެރޭގައި އެންމެ މަޤްބޫލު އަދި ގިނަ ބަޔަކަށް އެންމެ ކަމުދާ ބޮޑު ބެރު ގްރޫޕެއް ކަމަށްވާ، “ބިދަބިން” އިން ޢީދަށް ޚާއްސަކޮށްގެން ލަވައެއް ނެރެފިއެވެ.

ބިދަބިން އިން ޢީދަށް ދިމާކޮށް ޢީދުގެ ހަރަކާތްތައް ފެންނާނެހެން ރީތި ހިތްގައިމު ރާގަކަށް ހަދާފައިވާ މިލަވައަށް ގިނަ ބައެއްގެ ސަމާލުކަންދަނީ ހުއްޓެމުންނެވެ. މިގޮތުން މިހާތަނަށް މިލަވަ ވަރަށް ގިނަ ފަރާތްތަތަކުން މީސްމީޑިޔާގައިވަނީ ހިއްސާކޮށްފައެވެ. އަދި ގިނަ ބަޔަކު ބުނަމުން އަންނަނީ މި ލަވައަކީ ޢީދު ވަންތަ ލަވައެއް ކަމަށާއި މި ލަވައިން ޢީދުގެ ޖޯޝު ގުގުމާލާ ކަމަށެވެ.

ބިދަބިންގެ އީދު ލަވަ ނަގާ ކިޔާފައިވަނީ ބޮޑު ބެރުގެ ދުނިޔޭގައި ދެވަނައެއް ނެތް، ހޯރަ އެވެ. އަދި ބިދަބިންގެ ނެށުން ތެރިންގެ ފަރި ހަރަކާތްތައް މި ލަވައިން ފެނިގެންދެއެވެ.

 

ދަބިން އަކީ ބޮޑުބެރުގެ އިތުރުން ސަގާފީ އެކިކަހަލަ ހަރަކާތްތަކުގައި ވެސް ރާއްޖޭއި ނަގާ ކިޔާ އެއް ގުރޫޕެވެ. ބިދަބިންގެ މިފަހަރު ޢީދު ޝެޑިއުލްއަށް ބަލާލާއިރުވެސް ބިދަބިންގެ މަޤްބޫލުކަން ވަރަށް ރަނގަޅަށް އެގެއެވެ. މިގޮތުން ޢީދުގެ ފުރަތަމަ ދުވަހު ބިދަބިން އިން އޮތީ، ވަން އެންޑް އޮންލީ ރީތި ރަށުގައި އޮންނަ ހަރަކާތެކެވެ. ދެވަނަ ދުވަހު އޮތީ ޅ. ހިންނަވަރުގައި ބޮޑު ބެރުގެ އަޑުން ގުގުމާލުމެވެ.3 ވަނަ ޢީދު ދ.ހުޅުދެއްޔަށް ޚާއްސަ ވެފައިވާއިރު،4 ވަނަ ޢީދުގައި ބިދަބިންގެ ހަރަކާތައް ފެނިގެންދާނީ ދ.މީދޫ އިންނެވެ.

ޚިޔާލު ފާޅުކުރައްވާ