Follow us on
މިރޭވެސް މި ފެންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ނަމޫނާ!
| އަޙުމަދު އަނަސް

މިރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން، ހާލުގައި ޖެހުނު މީހުނަށް އެހީވުމަށް އެދި ގޮވާލުމާއެކު ފެނިގެން ދިޔައީ ނަމޫނާ މަންޒަރެކެވެ. އެންޑީއޭ އަދި ކަލާފާނު ސުކޫލު ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެހީއާއެކު އައި މަންޒަރެވެ.

އެގޮތުން ކާއެއްޗެއްސާއި، ފެނާއި، ބެޑްޝީޓް، ނެޕީ، އަދި ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަންނައުނު އެހީގެ ގޮތުގައި ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 7449656 ނުވަތަ 9976766 ނަމްބަރު ފޯނަށް ގުޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެދެއެވެ.

މިފަދައިން އިއުލާނު ކުރުމާއި އެކު ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަލާފާނު ސްކޫލް ކައިރީގައި މިހާރު ގިނަ އަދަދެއްގެ ބަޔަކު އެހީގެ ތަކެތި ހަދިޔާކުރަން ގޮސް އެބަތިއްބެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ގެތަކުން ނެރެފައިވާ މީހުން ކަލާފާނު ސްކޫލުގައި – ފޮޓޯ: ވަގުތު

ފޮޓޯ: ފޭސްބުކް

ފޮޓޯ: ފޭސްބުކް

ކަމާބެހޭ ފަރާތްތަކުން މިހާރު ބުނެފައިވަނީ، ހާލުގައި ޖެހުނު ފަރާތްތަކަށް ކެއުމާއި، ފެން މިހާރު ހަމަ ޖެހިފައިވާކަމަށްށެވެ. ކަލާފާނު ސުކޫލު ކޭމްޕުގައި ތިބި މީހުނަށް އެހީވުމަށް ގިނަ ބަޔަކު ދަނީ އެހީތެރިވަމުންނެވެ. އެގޮތުން މިކަމުންވެސް ދިވެހިންނަކީ އެއްބައިވަންތަ ބައެއްކަން އެބަ އެނގެއެވެ.

ޔާ ﷲ މި އަލިފާންގަނޑު ކޮންޓްރޯލް ކޮށްދެއްވާ، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުނަށް، އެއަށްވުރެ ހެޔޮވެގެންވާ ބަދަލެއް ދެއްވާންދޭވެ. އާމީން.

ޚިޔާލު ފާޅުކުރައްވާ